ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު، އަނެއްކާވެސް އޭޝިއަން އެތުލެޓިކްސް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުން ޖާގަ ހޯދައިފިއެވެ.

ސާއިދަކީ ދެކުނު އޭޝިއާ ސަރަހައްދުގައިވެސް ފާހަގަ ކޮށްލެވޭ ކުޅަދާނަ ދުވުންތެރިއެކެވެ.

އެގޮތުން ޝާއިދު ވަނީ އެންމެ ފަހުގެ އޭޝިއަން އެތުލެޓިކްސް ޗެމްޕިއަންޝިޕްގައިވެސް 100 މީޓަރު ދުވުމުން ހަތަރު ވަނަ ހޯދާފައެވެ.

ސާއިދު ސެމީ ފައިނަލުން ޖާގަ ހޯދީ ފިރިހެން 100 މީޓަރު ފުރަތަމަ ބުރުގެ އެއްވަނަ ހީޓްގައި ދުވެ، އެ ހީޓްގެ ފަސްވަނަ ހޯދައިގެންނެވެ. ސާއިދު ރޭސް ނިންމީ 10.47 ސިކުންތުންނެވެ.

ހީޓްގެ އެއްވަނައަށް ބުރުނާއީ އެތުލީޓަކު ދިޔަ އިރު، ދެވަނައަށް ދިޔައީ ގަތަރުގެ އެތުލީޓެކެވެ. ގަތަރުގެ ވެރިރަށް ދޯހާގައި ކުރިއަށްދާ އޭޝިއަން އެތުލެޓިކްސް ޗެމްޕިއަންޝިޕްގެ ފިރިހެން ސެމީ ފައިނަލް 100 މީޓަރު ދުވުންތައް އޮންނާނީ މިއަދުއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *