ސްރީލަންކާއަށް އިއްޔެ ދިން ބޮމުގެ ހަމަލާތަކުގައި މިހާތަނަށް 290 މީހުން މަރުވެފައިވާ ކަމަށް އެ ގައުމުގެ ބައެއް މީޑިއާ ތަކުން ރިޕޯޓްކޮށްފިއެވެ.

ލަންކާގެ ފުލުހުން ބުނީ އެ ހަމަލާތަކާއި ގުޅިގެން މިހާތަނަށް 24 މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި އެމީހުން ތިބީ ލަންކާގެ ސީއައިޑީ ފުލުހުންގެ ބެލުމުގެ ދަށުގައިކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، ހައްޔަރު ކުރެވުނު މީހުންގެ ތެރޭގައި ދެ އަންހެނުންވެސް ހިމެނެއެވެ. 

އިއްޔެގެ ހަމަލާތަކުގައި ބައެއް ޗާޗް ތަކަށާއި ހޮޓަލްތަކަށް ހަމަލާ ދީފައިވަނީ ޖާނުން ފިދާވެގެންނެވެ. 

ލަންކާއަށް ވެރިވި މި ނާމާންކަމަށްފަހު އެގައުމުން ވަނީ މީސް މީޑީއާގެ ބޭނުން ކުރުންވެސް މަޑު ޖައްސާލަން ނިންމާފައެވެ. އެއީ އޭގެ ސަބަބުން އިތުރު ބިރުވެރިކަމެއް ފެތުރިގެންދާތީ ކަމަށް ބެލެވޭތީއެވެ.

މަރުވި މީހުންގެ ތެރެއިން ލަންކާއަށް ނިސްބަތް ނުވާ 36 މީހުން ފެނިފައިވާ ކަމަށް މީޑީއާތަކުން ބުނާއިރު ލަންކާގެ ތިން ފުލުހަކުވެސް މި ހަމަލާތަކުގައި ވަނީ މަރުވެފައެވެ. 

ހަމަލާތަކުގައި ޒަހަމްވި މީހުންގެ އަދަދު 452 އަށް އަރާއިރު، މި އަދަދު އިތުރުވާނެ ކަމަށް ބެލެވޭ ކަމަށް ކަމާ ބެހޭ މާހިރުން ބުނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *