އަވައްޓެރި ސްރީލަންކާގެ ތިން މިސްކިތަކަށް ހަމަލާދީފިއެވެ.
މިސްކިތްތަކަށް ހަމަލާ ދީފައި ވަނީ ޕެޓްރޯލް ބޮން ބޭނުން ކޮށްގެން ކަމަށް ރިޕޯޓްތައް ބުނެއެވެ.
ހަމަލާތައް ދީފައިވަނީ، އިސްމައިލްޕޫރާއި، އުއްްޑަޕުވާ އަދި ޗިލާވްގެ މިސްކިތަށެވެ.
މި ހަމަލާތަކުގައި އެއްވެސް މީހަކަށް އަނިޔާވެފައިވާ ކަމެއްގެ އަދި ކަށަވަރެއް ނުވެއެވެ.
ލަންކާގައި މިއަދު ދިން ބޮމުގެ ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު ވަނީ 218 އަށް އަރާފައެވެ. ހަމަލާގައި ޒަހަމްވި މީހުންގެ އަދަދު 400 އަށް ވުރެ ގިނަ ކަމަށް ރިޕޯޓްތައް ބުނެ އެވެ.