ސްރީލަންކާގެ ބަންޑާރަނައިކަ އިންޓަރނޭޝަނަލް އެއަރޕޯޓުން ގޮވާ ޒާތުގެ އެއްޗެއް ފެނިއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެއަރޕޯޓުން ފެނިފައިވަނީ އައިއީޑީއެކެވެ. އަދި އެ އައިއީޑީ މިހާރު ވަނީ ސަލާމަތްތެރިކަމާއި އެކު ނައްތާލައިފައެވެ.
ސްރީލަންކާގެ ބަންޑާރަނައިކަ އިންޓަރނޭޝަނަލް އެއަރޕޯޓުން ގޮވާ ޒާތުގެ އެއްޗެއް ފެނިފައިވާއިރު މިއަދު ވަނީ އެގައުމުގެ އެތައް ސަރަހައްދަކަށް ބޮމުގެ ހަމަލާތަކެއްދީ މުޅި ގައުމު ބިރުވެރިކަމެއްގެ ތެރެއަށް ވަށްޓާލައައިފައެވެ.
ސްރީލަންކާއަށް ދެމުން އަންނަ ބޮމުގެ ހަމަލާތަކުގައި މިހާތަނަށް 200އަށް ވުރެ ގިނަ މީހުން މަރުވެފައިވާއިރު އެތައް ސަތޭކަ ބަޔަކު ވަނީ ޒަހަމްވެފައެވެ.