ރައްޔިތުންގެ މަޖިލިސް އިންތިހާބާއި ގުޅިގެން މެމްބަރުން ކެމްޕެއިން ކުރެއްވުމަށް ހަރުކޮށްފައިވާ ޕޯސްޓަރ ތަކާއި ބެނާތަށް ނަގަން ދީފައިވާ މުއްދަތު އިއްޔެގެ ނިޔަލަށް ހަމަވެފައިވާ ކަމަށް ސިޓީ ކައުންސިލްއިން ހާމަކޮށްފިއެވެ.
ޖަޒީރާ ނިއުސްއަށްދިން އިންޓަވިޔުއެއްގައި ވާހަކަދައްކަވަމުން ސިޓީ ކައުންސިލްގެ މެމްބަރު ހުސެއިން ޝަރީފް ވިދާޅުވީ މިމަހުގެ ވިހީގެ ނިޔަލަށް ޕޯސްޓަރ ތަކާއި ބެނާތައް ނެގުމަށް އިންތިހާބުގައި ބައިވެރިވި ކެންޑިޑޭޓުންނަށާއި ކެމްޕްއިންޓީމްތަކަށް ވާނީ ކުރިޔާލައި އަންގާފައި ކަމަށެވެ.
އެގޮތުން އެބޭފުޅުންގެ އޮބްޒާރވަރުންގެ ޓީމްއެއް މިއަދު މާލެތެރޭ ބަލާ އެހެން ނުނަގާ ހުރި ޕޯސްޓަރތަކާއި ބެނާތައް ނުނަގާ ހުރި ފަރާތްތަކަށް ފަހު ފުރުސަތެއްގެ ގޮތުގައި މިރޭ ކަނޑައަޅާފައިވާ ކަމަށެވެ.
"އަޅުގަނޑުމެންގެ ޓީމްއެއްވަނީ މިއަދު ގޮސް މާލެތެރެ ބަލާފަ. އެ ގޮތުން މިރެޔާ ހަަމަޔަށް ނުނަގާ ހުރި ފަރާތެއް ވިއްޔާ 2000ރ.އިން ޖޫރިމަނާ ކުރެވިގެންދާނެ." ހުސެއިން ވިދާޅުވިއެވެ.
މީގެ އިތުރުން ގިނަ ފަރާތްތަކެއް ޕޯސްޓަރތައް ނަގާފައިވާކަން ހުސެއިންވަނީ ފާހަގަކުރައްވާފައެވެ.