ގަވައިދާ ޚިލާފުވެގެން ކަސްޓަމްސްގެ ބޮންޑެޑްވެއާ ހައުސްގައި ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރަލާއި އޫރު މަސް މިއަދު ނައްތާލައިފި އެވެ.
ކަސްޓަމްއިން އެތަކެތި ނައްތާލާފައިވަނީ ނޫސްވެރިންގެ ހާޒިރުގައި ތިލަފުށީގައެވެ. އެގޮތުން ނައްތާލި ތަކެތީގެ ތެރެގައި 215.5 ކިލޯގެ އޫރު މަހުގެ އިތުރުން 36 ފުޅީގެ ބަނގުރާ ހިމެނެއެވެ.
މި ތަކެއްޗަކީ ކަސްޓަމްސްގެ އާންމު ގަވާއިދިގެ ދަށުން 264 ވަނަ މާއްދާއާއި 423 އަދި 424ވަނަ މާއްދާގެ ދަށުން، ރާއްޖެ އެތެރެކުރަން އުޅެނިކޮށް ހިފައްހައްޓާފައިވާ ތަކެއްޗެވެ.