ސްރީ ލަންކާއަށް ދިން ބޮމުގެ ހަމަލާތަކަށް ހަރުކަށި އިބާރާތުން ކުށްވެރިކުއްރާކަމަށް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިފަދައިން ވިދާޅުވެފައިވަނީ މިއަދު މެންދުރުގެ ވަގުތެއްގައި އެމަނިކުފާނު ކުރެއްވި ޓްވީޓެއްގައެވެ. ނަޝީދު ވިދާޅުވެފައިވާ ގޮތުގައި ހަމަލާގެ ފަހަތުގައިވާ އަނިޔާވެރި މީހުންނަށް އެންމެންގެ ބަލައިނުގަތުމާއި، އެމީހުންގެ އަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރިކުރުން ހައްޤުވެގެންވާކަމަށެވެ.


ނަޝީދު ވިދާޅުވެފައިވަނީ މިއަދު ހެނދުނު ލަންކާއަށް ދެވުނު ހަމަލާތަކުގައި އަސަރުފޯރި ހުރިހާ ފަރާތަކަށް ދުޢާ ކުރައްވާކަމަށެވެ.

ރައީސް ނަޝީދަކީ އެމަނިކުފާނުގެ ވެރިކަމުގެ ދުވަސްވަރުއްސުރެ ސްރީލަންކާއާއި ގާތްގުޅުމެއް ބާއްވަމުން އަންނަ ބޭފުޅެކެވެ. ރައީސް ނަޝީދުގެ އިތުރުން ދިވެހި ގިނަ އަދަދެއްގެ ސިޔާސީ ލީޑަރުންނާއި ދިވެހިންގެ ޢާންމު ރައްޔިތުންވަނީ ސްރީ ލަންކާގެ ހިތާމައިގައި ބައިވެރިވާ ކަމަށް ވިދާޅުވެއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *