ސްރީލަންކާގައި މިއަދު ހުއްޓުމެއްނެތި ފުލުފުލުން ދެމުންދިޔަ ބޮމުގެ ހަމަލާތަކާއި ގުޅިގެން 7 މީހަކު ހައްޔަރުކޮށްފިއެވެ.

ލަންކާގެ ބައެއް ހިސާބުތަކުގައި މިއަދު ދިން ބޮމުގެ ހަމަލާތަކާއި ގުޅިގެން ހަތް މީހުން ހައްޔަރުކޮށްފައިވާއިރު މިހާތަނަށް 187 އެއްހާ މީހުން ވަނީ މަރުވެފައެވެ. ލަންކާގެ ޑިފެންސް މިނިސްޓަރު ވަނީ މިއަދު ކުރެއްވި ޓުވީޓެއްގައި، ހުއްޓުމެއްނެތި ދެމުންދިޔަ ބޮމުގެ ހަމަލާތަކުގެ ފުރަގަހުގައި ތިބޭ ކޮންބައެއް ކަން ދެނެގަނެވިއްޖެކަމަށް ވެސް ވިދާޅުވެފައެވެ.

ލަންކާގެ ބޮމުގެ ހަމަލާތަކަށްފަހު ލަންކާ އިން އެހެން ގައުމުތަކަށް ފުރާ މީހުން ހަތަރު ގަޑި އިރު ކުރިން އެއާޕޯޓަށް ދިއުމަށް ވެސް ވަނީ އިލްތިމާސް ކޮށްފައެވެ. ބަންޑާރަނައިކް އިންޓަނޭޝަނަލް އެއާޕޯޓަށް ފުރަން ދާ މީހުން، ހަތަރު ގަޑިއިރު ކުރިން އެއާޕޯޓަށް ދިއުމަށް ވަނީ އިލްތިމާސް ކޮށްފައިވާއިރު ހަމަލާތަކާ ގުޅިގެން އެ އެއާޕޯޓުގައި ވަނީ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކޮށްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *