ސްރީލަންކާ އަށް ހުއްޓުމެއްނެތި ފުލުފުލުން ދެމުންގެންދާ ބޮމުގެ ހަމަލާތަކުގެ ފަހަތުގައިވާ މީހުން ދެނެގަނެވިއްޖެ ކަމަށް ސްރީލަންކާގެ ޑިފެންސް މިނިސްޓަރު ވިދާޅުވެއްޖެއެވެ.
"މި ގައުމުގައި ހަރަކާތްތެރިވާ ހަރުކަށި ވިސްނުމުގެ ގްރޫޕުތަކާއި ދެކޮޅަށް ހަރުކަށި ފިޔަވަޅު އަޅާނަން. އަދި ފާއިތުވި ދުވަސްތަކުގައި އެފަދަ މީހުން ކުރަމުންދިޔަ ކަންކަން ހުއްޓުވާނަން،" ވިޖޭވަރުދަނަ ވިދާޅުވި އެވެ.
ސްރީލަންކާގެ ޑިފެންސް މިނިސްޓަރު މިހެން ވިދާޅުވެފައިވާއިރު، މިހާތަނަށް ހުއްޓުމެއް ނެތި ދެމުންގެންދާ ބޮމުގެ ހަމަލާތަކުގައި ވަނީ 187 މީހުން މަރުވެފައެވެ. އޭގެތެރޭގައި، ސްރީލަންކާގެ 4 ފުލުހުން ވެސް ހިމެނެއެވެ.
ސްރީލަންކާގެ ސޯޝަލް މީޑިއާ މިހާރު ބްލޮކް ކޮށްފައިވާއިރު، އެގައުމުގައި ވަނީ ކުއްލި ނުރައްކަލުގެ ހާލަތުވެސް އިއުލާން ކޮށްފައެވެ. މިހާތަނަށް ހުއްޓުމެއްނެތި ދެމުންގެންދާ ހަމަލާތަކުގައި ވަނީ ލަންކާގެ 8 ސަރަހައްދެއްގައި ބޮން ގޮއްވާލާފައެވެ.