ބޮން ގޮއްވަން ބޭނުންކުރާ ޒާތުގެ ގޮވާ އެއްޗެހި ހުރިކަމަށް ލިބުނު ރިޕޯޓަކާއި ގުޅިގެން ދެހިވަލަ ސަރަހައްދުގައި ހުރި ގެއެއް ލަންކާ ފުލުހުން ފާސްކުރަން ފަށައިފިއެވެ.
މިހާތަނަށް ހުއްޓުމެއްނެތި ދިން ހަމަލާތަކުގައި ވަނީ 187 މީހުން މަރުވެފައެވެ. ސްރިލަންކާގައި މިހާރު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވާއިރު، އެގައުމުގެ ސޯޝަލް މީޑިއާ ވެސް ވަނީ ބްލޮކް ކޮށްފައެވެ.
ސްރީލަންކާގެ ފުލުހުން ވަނީ ޕެޓާ ސަރަހައްދުގައި އޮތް ބޮމެއް ހޯދައި އޭތި ނައްތާލުމުގެ މަސައްކަތް ވަނީ މިހާރު އެގައުމުގެ ފުލުހުން ފަށައިފައެވެ.