ސްރިލަންކާގެ ޕެޓާ ސަރަހައްދުން ޕާރްސަލް ކޮށްފައިވާ ބޮމެއް ފެނިއްޖެ ކަމަށް އެގައުމުގެ ކަމާ ބެހޭ ފަރާތްތަކުން ބުނެފިއެވެ.
ސްރިލަންކާގެ ޕެޓާ ސަރަހައްދުން ޕާރްސަލް ކޮށްފައިވާ ބޮމެއް ފެނިފައިވާއިރު މިހާރު ވަނީ އެ ބޮން ނައްތާލާފައި ކަމަށްވެސް އެގައުމުގެ ކަމާ ބެހޭ ފަރާތްތަކުން ވަނީ ބުނެފައެވެ.
މިހާތަނަށް 8 ސަރަހައްދެއްގައި ބޮން ގޮއްވާލާފައި ވާއިރު އެގައުމުގައި ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައެވެ. މިހާތަނަށް އެތައް ސަތޭކަ މީހުންނެއް ޒަހަމް ކޮށްލާފައި ވާއިރު، 187 މީހުން ވަނީ މި ހަމަލާތަކުގައި މަރުވެފައެވެ.