ސްރީލަންކާގައި ހުއްޓުމެއްނެތި ދެމުންދިޔަ ބޮމުގެ ހަމަލާތަކުގައި މިހާތަނަށް 187 މީހުން މަރުވެއްޖެއެވެ.
ދެހިވަލައިގައި ގޮއްވާލި ބޮމުގައި މަރުވެފައިވަނީ ދެ ސްރިލަންކާ ފުލުހުން ކަމަށް ބައެއް މީޑިއާ ރިޕޯޓް ތަކުން ބުނެއެވެ. މިއަދު މީހަތަނަށް ވަނީ ސްރީލަންކާގެ 8 ތަނެއްގައި ބޮން ގޮއްވާލާފައެވެ. މިބޮމުގެ ހަމަލާތަކުގައި މިހާރުވެސް ވަނީ އެތައް ސަތޭކަ މީހުންނެއް ޒަހަމްވެފައެވެ.
ލަންކާގައި ހުއްޓުމެއް ނެތި ފުލުފުލުން ދެމުންގެންދާ ހަމަލާތަކުގެ ސަބަބުން މިހާރުވަނީ އެގައުމުގެ ސޯޝަލް މީޑިއާ ތައް ބްލޮކް ކޮށްފައެވެ. މިއަދު އިރުއޮއްސޭއިރު އިއުލާން ކުރަން ހަމަޖެހިފައި އޮތް ކުއްލި ނުރައްކަލުގެ ހާލަތު ވަނީ މިހާރުން ފެށިގެން އިއުލާން ކޮށްފައެވެ.