ލަންކާ އަށް ފުލުފުލުން ދެމުން ގެންދާ ބޮމުގެ ހަމަލާތަކުގެ ސަބަބުން ލަންކާގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފިއެވެ. ލަންކާގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވަނީ މިއަދު އިރުއޮއްސި 6:00 އަކުން ފެށިގެން މާދަމާ ހެނދުނު 6:00 އަކަށެވެ.

ލަންކާގައި މިހާރު ވަނީ ޝޯޝަލް މީޑިއާ ތައް ބްލޮކް ކޮށްފައި ކަމަށް އެގައުމުގެ ސަރުކާރުން ވަނީ މީޑިއާ ތަކަށް ޔަގީން ކޮށްދީފައެވެ. ލަންކާގެ ޝޯޝަލް މީޑިއާ ބްލޮކް ކޮށްފައިވަނީ ދޮގު ޚަބަރު ފަތުރައި ހަމަނުޖެހުން އިތުރުވާނެ ކަންތައްތައް ހިންގަފާނެތީ އެވެ.

ލަންކާގައި ވަނީ މީގެ އިރުކޮޅެއް ކުރިންވެސް އިތުރު ތަނެއްގައި ބޮމެއް ގޮއްވާލާފައެވެ. މިފަހަރު ބޮން ގޮއްވާލާފައި ވަނީ ޑަމަޓަގޮޑާ ސަރަހައްދުގައި ކަމަށް ފުލުހުން ބުނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *