މިދިޔަ ހަފްތާ ބުދަ ދުވަހު، މަޖީދީ މަގުގައި ހުންނަ ފޯނު ވިއްކާ ފިހާރައަކުން ވައްކަންކުރި ކަމުގެ ކުށުގައި މީހަކު ހައްޔަރުކޮށްފިއެވެ.
މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ފުލުހުން ވިދާޅުވީ، ފޯނު ފިހާރައަކުން ގިނަ އަދަދެއްގެ ފޯނު ވަގަށް ނެގުމުގެ ކުށުގައި ހައްޔަރުކޮށްފައިވަނީ، އުމުރުން 33 އަހަރުގެ ފިރެހެނެއް ކަމަށެވެ. ފުލުހުން އިތުރަށް ބުނީ، ވައްކަމުގެ މައްސަލައާއި ގުޅިގެން ހައްޔަރު ކުރި މީހާ ހައްޔަރުކޮށްފައިވަނީ ކޯޓް އަމުރެއްގެ ދަށުން ކަމަށާއި އަދި، އެމީހާގެ ބަންދަށް 15 ދުވަސް ޖަހައިދީފައިވާ ކަމަށެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު އިތުރަށް ވިދާޅުވީ، އެމީހާ އެފިހާރަ ފަޅައިލުމަށް ފަހު، ގިނަ ބްރޭންޑް ތަކެއްގެ 41 ވުރެ ގިނަ ފޯނު ވަގަށް ނަގައިފައިވާ ކަމަށެވެ. އަދި މިހާތަނަށް ފުލުހުންނަށް ހޯދުނީ، 20 ފޯނު ކަމަށެވެ.