ލަންކާގައި ދިން ބޮމުގެ ހަމަލާގައި މަރުވި މީހުންގެ އަދަދު 185 އަކަށް އަރާފައިވާއިރު، ލަންކާގެ ދެހިވަލަ ޒޫ ކުރިމަތީގައި ހުންނަ ހޮޓަލެއްގައި ވެސް ބޮމެއް ގޮއްވާލައިފި ކަމަށް ލަންކާގެ ފުލުހުން ވިދާޅުވެއްޖެއެވެ.

މައުލޫމާތު ލިބޭ ގޮތުގައި، ދެހިވަލަ ޒޫ ކުރިމަތީގައި ހުންނަ ހޮޓަލެއްގައި ދިން ބޮމުގެ ހަމަލާގައި ވަނީ މިހާތަނަށް ދެމީހުން މަރުވެފައެވެ.

ޒޫ ކައިރީގައި ހުރި ހޮޓަލުގައި ދިން ހަމަލާގައި ޒަހަމްވި ދެ މީހަކަށް ފަރުވާ ދެނިކޮށް މަރުވެފައިވާކަން ކަލުބޯވިލާ ހޮސްޕިޓަލުން ވަނީ މިހާރު ކަށަވަރުވެސް ކޮށްދީފައެވެ.

މިއީ މިއަދު އެ ގަމުގައި ބޮން ގޮވި ހަތް ވަަނަ ސަރަހައްދެވެ.

ދެހިވަލައަކީ ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅެމުން އަންނަ ސަރަހައްދެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *