މިއަދު ހެނދުނު ލަންކާ އަށް ދިން ޓެރަރިސްޓު ހަމަލާ، ދިވެހި ރާއްޖޭގެ ރައީސުލުޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް އަދި ނައިބު ރައީސް ފައިސަލް ނަސީމު ކުށްވެރިކުރައްވައިފިއެވެ.

ލަންކާގައި މިއަދު ހެނދުނު ދިން ޓެރަރިސްޓު ހަމަލާތަކުގައި 160 އެއްހާ މީހުން މަރުވެ، 200 އަށް ވުރެ ގިނަ މީހުން ޒަހަމްވެފައިވާ އިރު، އެކަން ކުށްވެރިކުރައްވައި ރައީސް ޞާލިހް ކުރެއްވި ޓުވީޓުގައި، އެމަނިކުފާނު ވިދާޅުވީ، ލަންކާގައި ދިން ހަމަލާގައި މަރުވި މީހުންނާއި އަނިޔާވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ފޮނުއްވާ ކަމަށެވެ. ރައީސްގެ ޓުވީޓުގައި އިތުރަށް ވިދާޅުވީ، ރަރިޒަމްގެ އަމަލުތަކަށް އެއްވެސް ފުރުސަތެއް ނޯންނާނެ ކަމަށާއި ޓެރަރިޒަމްގެ އަމަލުތަކާ ދެކޮޅަށް ހަނގުރާމަ ކުރުމުގައި ރާއްޖެ ދެމި އޮންނާނެ ކަމަށެވެ.

މިއަދު ހެނދުނު ލަންކާ އަށް ދިން ޓެރަރިސްޓު ހަމަލާއާއި ގުޅިގެން ނައިބު ރައީސް ފައިސަލް ނަސީމު ކުރެއްވި ޓުވީޓުގައި، އެބޭފުޅާ ވިދާޅުވީ، އެކަން ވަރަށް ހަރުކަށިކޮށް ކުށްވެރިކުރާ ކަމަށާއި އަދި އެބޭފުޅާގެ ތައުޒިޔާ ހަމަލާގައި މަރުވި މީހުންނާއި އަނިޔާވި މީހުންގެ އާއިލާތަކަށް ފޮނުއްވާ ކަމަށެވެ.

ރާއްޖޭގެ ފޮރިން މިނިސްޓްރީ އިން ވަނީ މި ހާދިސާ ކުށްވެރިކުރައްވައި ޓުވީޓު ކުރައްވާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *