ސްރީލަންކާގެ ކްރިސްޓިއަނުން އީސްޓަ ސަންޑޭ ފާހަގަކުރަމުން ދަނިކޮށް ދެ ފައްޅިއެއްގަ އާއި ކޮލަމްބޯގެ އެކި ތަންތަނުގައި ބޮންތަކެއް ގޮއްވާލައިގެން ދިން ހަމަލާތަކާއި ގުޅިގެން އުރީދޫގެ ކަސްޓަމަރުންނަށް ލަންކާ އަށް ގުޅޭ ރޭޓް ދައްކޮށްފިއެވެ.

އުރީދޫ އިން ވިދާޅުވީ، ބޮން ގޮއްވާލި ސަރަހައްދުތަކުގައި ދިރިއުޅޭ، އާއިލާ އާއި ގާތްތިމާގެ ބޭފުޅުންނަށް ފަސޭހަ ކަމާއެކު ގުޅޭނެ ގޮތް މަގުފަހި ކޮއްދިނުމުގެ ގޮތުން އުރީދޫގެ ހުރިހާ ކަސްޓަމަރުންނަށްވެސް ލަންކާއަށް ޚާއްޞަ ރޭޓެއްކަމަށްވާ މިނެޓަކަށް 1.00 އަށް ގުޅޭނެ ކަމަށެވެ.

އުރީދޫ އިން އިތުރަށް ވިދާޅުވީ، މިރޭ 11:59 އަކާއި ހަމައަށް އެއް ރުފިޔާގެ ރޭޓެއްގައި ލަންކާގެ ނަމްބަރު ތަކަށް ގުޅޭނެ ކަމަށެވެ. މި ޙާދިސާއާއި ގުޅިގެން ޤާއިމްކުރެވިފައިވާ ހޮޓްލައިންއަށް ގުޅުއްވުމަށް 94727277072+، 94766942654+ ނުވަތަ 9607983400+ އަށް ގުޅުއްވުމަށް އުރީދޫ އިން ވަނީ އެދިފައެވެ.

ބޮމުގެ ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު 100 އަށް ވުރެ މިހާރު ވަނީ އިތުރު ވެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *