ލޯކަލް ޓޫރިޒަމް މާކެޓިންގް ސެމިނާރ އެއް ސްޓެލްކޯގައި ބާއްވާފިއެވެ.
އިއްޔެ ބޭއްވުނު އެ ލޯކަލް ޓޫރިޒަމް ސެމިނާރ ބާއްވާފައިވަނީ، އެމްއެމްޕީއާރުސީ، ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އަދި މޯލްޑިވްސް ގޭޓްވޭ ގުޅިގެންނެވެ. ސްޓެލްކޯގައި އިއްޔެ ބޭއްވި ލޯކަލް ޓޫރިޒަމް ސެމީނާގައި ވަނީ 120 ފަރާތަކުން ބައިވެރިވެފައެވެ.
މި ސެމިނާގައި މާކެޓިންގ އިންޑަސްޓްރީ، ހޮޓެލް ރެވެނިއު މެނޭޖްމަންޓް، ހޮޓެލް ޑިސްޓްރިބިއުޝަން ޗެނަލް މެނޭޖްމަންޓް އަދި އެހެނިހެން މުހިއްމު ދާއިރާ ތަކާއި ގުޅޭ ގޮތުން އެކަމުގެ މާހިރުން ވަނީ މައުލޫމާތު ހިއްސާކޮށްފައެވެ.
މި ސެމިނާއަކީ ރާއްޖޭގައި ކުރިއަށް ދިޔަ މި ފަދަ 8 ވަނަ ސެމިނާއެވެ. މިދަފަ އިތުރު ސެމިނާ ތަކެއް 22 އޭޕްރީލް އިން ފެށިގެން 23 މެއި އާއި ހަމައަށް އައްޑޫ ސިޓީ، ލ އަތޮޅު އަދި ގދ.ތިނަދޫގައި ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
މި ސެމިނާގައި އެމްއެމްޕީއާރުސީގެ މެނޭޖިންގ ޑިރެކްޓަރ ތައްޔިބު މުހައްމަދާއި މޯލްޑިވްސް ގޭޓްވޭސް ގެ މެނޭޖިންގް ޑިރެކްޓަރ އަހްމީމް އަބްދުލް ރައްޒާގު ވަނީ ބައިވެރިންނާއި މުހާތަބު ކޮށް ވާހަކަދައްކާފައެވެ.
މި ސެމިނާގެ ބައިވެރިންނަށް އެކި ދާއިރާތަކުން މައުލޫމާތު ހިއްސާކުރައްވާފައިވާއިރު، މި ކަންކަމާ ގުޅޭ ގޮތުން މައުލޫމާތު ހިއްސާކޮށްފައި ވަނީ ޓުއަރިޒަމް ދާއިރާގެ ތަޖުރިބާކާރު ބޭފުޅުންނެވެ.