ސްރީލަންކާގެ ކްރިސްޓިއަނުން "އީސްޓަރ ސަންޑޭ" ފާހަގަކުރަމުން ދަނިކޮށް ދެ ފައްޅިއެއްގަ އާއި ކޮލަމްބޯގެ އެކި ތަންތަނުގައި ބޮންތަކެއް ގޮއްވާލި ހާދިސާއާއި ގުޅިގެން، ލަންކާގައި ދިރިއުޅެމުންދާ ދިވެހިން ބޭރަށް ނުނިކުތުމަށް ލަންކާގައި ހުންނަ ދިވެހި އެމްބަސީން އިލްތިމާސް ކޮށްފިއެވެ.
ލަންކާގައި ހުންނަ ދިވެހި ރާއްޖޭގެ އެމްބަސީން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ލަންކާގެ އެކި ސަރަހައްދުތަކުގައި ބޮން ގޮވުމުގެ ހާދިސާތައް ހިނގާފައިވާތީ، ބޭރަށް ނިކުމެ ނޫޅުމަށް އިލްތިމާސްކުރާ ކަމަށެވެ.
މައުލޫމާތު ލިބޭ ގޮތުގައި ލަންކާ އަށް ގޮސްފައި، ދިވެހިން އުޅޭ ތިން ހޮޓަލެއްގައި ވަނީ ބޮން ގޮއްވާލާފައެވެ. ނަމަވެސް އެއްވެސް ދިވެއްސަކަށް އަނިޔާ ވިކަަމުގެ މައުލޫމާތެއް އަދި ނުލިބޭ ކަމަށް ލަންކާގައި ހުންނަ ދިވެހި އެމްބަސީން ވަނީ ވިދާޅުވެފައެވެ.
ދިވެހި ސަރުކާރުންވެސް ވަނީ ލަންކާގައި ދިން މި ޓެރަރިސްޓު ހަމަލާތައް ކުށްވެރިކޮށްފައެވެ.