ނ.މިލަދޫ ހިދާޔާ ސުކޫލުގެ ތިޖޫރި ފަޅައިލައިފިއެވެ.

ޖަޒީރާ ނިއުސްއަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މިލަދޫގެ ހިދާޔާ ސުކޫލުގެ ތިޖޫރި ފަޅައިލައިގެން ފުލުހުންނަށް އެކަމުގެ ރިޕޯޓް މިއަދު ހެނދުނު 8:14 އެހާއިރު ލިބިފައިވާ ކަމަށެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް އިތުރަށް ވިދާޅުވީ، ތިޖޫރި ފަޅާލައިގެން ވަގަށް ނަގާފައިވަނީ ކިހާ އަދަދެއްގެ ފައިސާ ކަމެއް އަދި ފުލުހުންނަށް ސާފު ނުވާ ކަމަށެވެ. 

ފުލުހުން އެހެން ވިދާޅުވެފައިވާއިރު، ހިދާޔާ ސުކޫލުގެ ޕްރިންސިޕަލް އޮންލައިން ނޫހަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ތިޖޫރި ފަޅާލީ ކޮން ވަގުތެއްގައި ކަމެއް އަދި ސާފެއް ނުވާ ކަމަށެވެ. އަދި ތިޖޫރި ފަޅާލިއިރު ތިޖޫރީގައި، އެއް ލައްކަ އެއް ހާސް ތިން ސަތޭކަ ރުފިޔާ ހުރިކަމަަށްވެސް ވިދާޅުވިއެވެ.

މިހާދިސާ އާއި ގުޅިގެން، ފުލުހުން ދަނީ މިހާރު ހިދާޔާ ސުކޫލުގައި ހަރަކާތްތެރި ވަމުންނެވެ. އަދި ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ތިޖޫރި ފަޅާލި ހާދިސާ އާއި ގުޅިގެން އަދި މިހާ ތަނަށް އެއްވެސް މީހަކު ހައްޔަރު ނުކުރާ ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *