ސްރީލަންކާއަށް މިއަދު ދިން ބޮމުގެ ހަމަލާތައް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކުށްވެރި ކުރައްވައިފިއެވެ.
ލަންކާގެ ގިނަ ތަނަކަށް މިއަދު ދިން ބޮމުގެ ހަމަލާތައް ކުށްވެރި ކުރައްވާކަމަށް ވިދާޅުވެ ފޮރިން މިނިސްޓަރު ވަނީ ޓްވީޓެއް ކުރައްވާފައެވެ.
މިނިސްޓަރު ޝާހިދު ވަނީ މިކަމާއި ގުޅިގެން އިތުރު ޓްވީޓެއްވެސް ކުރައްވާފައެވެ. އެ ޓްވީޓުގައި ވިދާޅުވެފައި ވަނީ އެގައުމުގައި ހުންނަ ރާއްޖޭގެ އެމްބަސީއިން ދަނީ މިމައްސަލަ ވަރަށް ގާތުން ބައްލަވަމުން ދާ ކަމަށެވެ.
ޝާހިދު ވަނީ ހަމަލާއާއި ގުޅިގެން މައުލޫމާތެއް ހޯއްދަވަން ބޭނުންފުޅުވާ ފަރާތްތަކަށް ނަމްބަރުތަކެއް ވެސް ދެއްވާފައެވެ. އެ ނަމްބަރ ތަކަކީ، 94727277072+، 9476694265+ އަދި 9607983400+ އެވެ.
މިހަމަލާގައި މަރުވި މީހުންގެ އަދަދު މިހާތަނަށް 100 އަށް އަރައިފިއެވެ. އަދި ޒަހަމްވި މީހުންގެ އަދަދު 260 އަށް ވަނީ އަރާފައެވެ.