ސްރީލަންކާގެ ކްރިސްޓިއަނުން އީސްޓަ ސަންޑޭ ފާހަގަކުރަމުން ދަނިކޮށް ދެ ފައްޅިއެއްގަ އާއި ކޮލަމްބޯގެ އެކި ތަންތަނުގައި ބޮންތަކެއް ގޮއްވާލައިގެން ދިން ހަމަލާތަކާއި ގުޅިގެން އެހީއަށް ގުޅާނެ ނަމްބަރުތަކެއް ކަނޑައަޅައިފިއެވެ.
ފޮރިން މިނިސްޓްރީން ވިދާޅުވީ، އިމަރޖަންސީ ކޮންސިއުލަރ ޚިދުމަތް ބޭނުންފުޅުވާނަމަ ކޮންސިއުލރ ހޮޓްލައިން 7983400 އަށް ގުޅުއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. ލަންކާ އިން އެހީއެއް ބޭނުންވާނަމަ ގުޅުއްވާނީ 94727277072+ ނުވަތަ 94766942654+ އަށެވެ.
ފޮރިން މިނިސްޓްރީން ވިދާޅުވީ، މިއަދު ސްރީލަންކާގެ އެކި ސަރަހައްދުތަކުގައި ބޮން ގޮއްވާލި ހާދިސާއާއި ގުޅިގެން އެއްވެސް ދިވެއްސަކަށް އަނިޔާވިތޯ މިހާރު ދަނީ ބަލަމުންކަމަށެވެ. ހަމަލާ އަމާޒުވި އެއް ފައްޅި ކަމަށްވާ ސެއިންޓް އެންތަނީސް ޗާޗް ހުންނަނީ ކަޓްނަޔާގެ ކޮއްޗިކަޑޭގަ އެވެ. ދެން ހަމަލާ ދީފައިވަނީ ކަޓުވަޕިޓިޔާގައި ހުންނަ ސެއިންޓް ސެބާސްޓިއަން ފައްޅިއަށެވެ.