ސްރީލަންކާގެ އެކި ހިސާބުތަކަށް މިއަދު ދިން ބޮމުގެ ހަމަލާތަކުގައި ދިވެހިން ގޮސް އުޅޭ ބައެއް ހޮޓަލްތަކަށްވެސް ހަމަލާދީފައިވެއެވެ.
ހަމަލާދީފައިވާ ހޮޓަލްތަކުގެ ތެރޭގައި ދިވެހިން ގޮސް އުޅޭ ސިނަމަން ގްރޭންޑް އާއި ކިންގްސްބަރީ ހިމެނެއެވެ.
ބޮމުގެ މި ހަމަލާގައި ދިވެއްސަކަށް އެއްވެސް އަނިޔާއެއް ލިބުނު ކަމުގެ ހަބަރު އަދި ލިބިފައެއް ނުވެއެވެ.
ބޮމުގެ ހަމަލާގައި މަރުވި މީހުންގެ އަދަދު ގާތްގަނޑަކަށް 70 އަށް އަރައިފިއެވެ. އަދި 260 މީހުންނަށް އަނިޔާވެ، އެމީހުން މިހާރު ވަނީ ސްރީލަންކާގެ ގަައުމީ ހޮސްޕިޓަލަށް ގެންދެވިފައިވެއެވެ.