ސިފައިންގެ 127 ވަނަ އަހަރީ ދުވަހުގެ ޝިއާރުގެ ހާމަކޮށްފިއެވެ. އެއީ "ސިފައިންގެ 127 ވަނަ އަހަރީ ދުވަހުގެ ޝިއާރު: "އަސްކަރީ އުސޫލު ނެގެހެއްޓުން، ސަފުތަކުގެ ތަރުތީބު ދެމެހެއްޓުން" އެވެ.

މި ޝިއާރު ހާމަކޮށްފައިވަނީ މިއަދު ހެނދުނު ދިވެހިރާއްޖޭގެ ގައުމީ ދިފާއީބާރު ނުވަތަ އެމްއެންޑީއެފަށް 127 އަހަރު ފުރުން ފާހަގަކުރުމަށްޓަކައި ބޭއްވުނު ޚާއްސަ ދިދަ ނެގުމުގެ ރަސްމިއްޔާތުގައެވެ. ޝިއާރު ހާމަކުރެއްވީ، ސިފައިންގެ މޭޖަރ ޗީފް އޮފް ޖެނެރަލް އަބްދުﷲ ޝަމާލް ދެއްކެވި ވާހަކަފުުޅުގައެވެ.

ޝަމާލް ވިދާޅުވީ، "މިފަހަރު ޝިއާރަކީ އަމަލީ ގޮތުން ބޭނުން ކުރެވޭ އަޅުގަނޑުމެން ކުރާ ކޮންމެ ހަރާކަތެއްގައި މި ޝިޔާރު ހިމެނިގެންދާ އަދި އަޅުގަނޑުމެންގެ ސިކުނޑި ތަކުގައި ހަނދާން ކުރަމުންދާ ޝިޔާރެއްގެ ގޮތުގައި އިރާދަ ކުރެއްވިއްޔާ މި ޝިޔާރު ވެގެންދާނެ. އަދި މިޝިއާރަކީ އަދުގެ ސަރުކާރުގެ ވިސްނުންފުޅާއި ސިފައިންގެ ލީޑާރޝިޕްގެ ވިސްނުމުގެ ތެރެއިން ހާސިލްކުރުމަށް ބޭނުންވާ ހިދުމަތުގެ ނަތިއްޖާ ހާސިލްކުރުމަށް މަގު ދައްކައިދޭނެ ޝިޔާރަކަށް ވެގެންދާނެ'' ކަމަށެވެ.

ޝަމާލް އިތުރަށް ވިދާޅުވިގޮތުގައި އާ ހިތްވަރަކާއި އެއްކޮށް މަސައްކަތްކުރަމުން އަންނަނީ ދިވެހި ރައްޔިތުންގެ އުންްމީދުތައް ފުއްދައިދެވޭ މުއައްސަސާއަކަށް ސިފައިންގެ މުއައްސަސާއަކަށް ހެއްދެވުމަށްޓަކައެވެ.

ސިފައިންގެ ދިދަ ނެގުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާފައިވަނީ ސިފައިންގެ އެންމެ މަތީ ވެރިޔާ އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ. މީގެ އިތުރުން މި ރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރ މާރިއާ އަހުމަދު ދީދީވެސް ބައިވެރިވެ ވަޑައިގަނެފައިވާކަން ފާހަގަކޮށްލެވެއެވެ.

ސިފައިންގެ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ހަރަކާތްތައް ފެށުމުގެ ގޮތުން މިއަދު ހެނދުނުވަނީ ކަޅުތުއްކަލާ ކޮށީގައި ދިދަ ނެގުމުގެ ރަސްމިއްޔާތު ބާއްވައިފައެވެ.

ދިވެހިރާއްޖޭގެ ތާރީޚުގައި ސިފައިންގެ އަހަރީ ދުވަސް ފާހަގަކުރެވެން ފެށީ ހިޖުރީ ގޮތުންނެވެ. އެއީ 1366 ވަނަ އަހަރު ރަޖަބުމަހުގެ 16 ވަނަ ދުވަހެވެ. ސިފައިންގެ އަހަރީ ދުވަސް މީލާދީ ގޮތުން ފާހަގަކުރުމަށް ބަދަލު ކުރީ، ދެވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް ވެލާނާގޭ އިބްރާހިމް ނާޞިރެވެ. އެ ދުވަސް ފުރަތަމަ ކަނޑައެޅީ ޖޫންމަހުގެ 6ވަނަ ދުވަހުގެ ގޮތުގައެވެ. ފަހުން ހޯދިހޯދުންތަކާއި ކުރެވުން ދިރާސާތަކުގެ އަލީގައި މިހާރު މި ފާހަގަކުރާ ސިފައިންގެ އަހަރީ ދުވަހުގެ ތާރީޚަށް ބަދަލުކުރެވުނީއެވެ. ކަނޑައެޅިފައިވާ ގޮތުން ސިފައިންގެ ފުރަތަމަ އަހަރީ ދުވަހަކީ 21 އޭޕްރިލް 1892 ގައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *