ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) މާލޭ ބްރާންޗުގައި، ހުރި ބޭނުންނުކުރާތާ ފަސް އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ 400 އެކައުންޓް އުވާލަން އެބޭންކުން ނިންމައިފިއެވެ.

މީޑިއާ ތަކަށް މައުލޫމާތު ދެއްވަމުން އެސްބީއައި އިން ބުނީ އުވާލަން ވެގެން މައުލޫމާތު އާއްމު ކޮށްފައިވާ 400 އެކައުންޓަކީ، ވިދިވިދިގެން ފަސް އަހަރަށް ވުރެ ގިނަ ދުވަސް ވަންދެން ބޭނުން ނުކޮށް ހުރި އެކައުންޓް ތަކެއް ކަމަށެވެ. އަދި ރާއްޖޭގެ ބޭންކިން ގާނޫނު ބުނާ ގޮތުގައި، ވިދިވިދިގެން ފަސް އަހަރަށް ވުރެ ގިނަ ދުވަހު ބޭނުން ނުކޮށް ހުންނަ އެކައުންޓުތަކަކީ ޑޯމެންޓް އެކައުންޓުތަކުގެ ގޮތުގައި ކަނޑައަޅާފައިވާ އެކައުންޓް ތަކެއް ކަމަށެވެ.

އެސްބީއައި އިން އިތުރަށް ވިދާޅުވީ، އުވާލަން ނިންމާފައިވާ 400 އެކައުންޓަކީ ފަސް އަހަރުގެ ތެރޭގައި،  އެކައުންޓު މެދުވެރިކޮށް އެއްވެސް މުއާމަލާތެއް ކޮށްފައިނުވާ އެކައުންޓް ތަކެއް ކަމަށެވެ. އަދި ޑޯމަންޓް އެކައުންޓެއް އެސްބީއައިގައި އޮތް ނަމަ، ނުވަތަ އޮތް ކަމަށް ގަބޫލުކުރެވޭ ނަމަ، އެ ކަސްޓަމަރަކު އެކަން ބޭންކަށް އެންގުމަށް ވެސް އެސްބީއައި އިން ވަނީ އެދިފަ އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *