ދިވެހިރާއްޖޭގެ ގައުމީ ގަސްކަމަށްވާ، ރުކަކީ ދިވެހިންނާ އެންމެ ކުރީއްސުރެ ގުޅިލާމެހިފައިވާ އެއްޗެކެވެ. ރުކުގެ ހުރިހާ ބައެއްހެންވެސް ދިވެހިން އަންނަނީ އެކި ކަންކަމުގައި ބޭނުންކުރަމުންނެވެ. ބޭސްވެރިކަމުގެ ރޮނގުންނާއި ކެއިންބުއިމުގައެވެ. ގެދޮރު ބިނާ ކުރުމަގައިއާއި އޮޑިދޯނި ފަހަރު ބަނުމުގައެވެ. މުޅި ދުނިޔެއިންވެސް ރުކުގައި އަޅާ މޭވާއަށް ކިޔާ އެންމެ ގިނަ ނަން ހުންނަނީ ދިވެހި ބަހުގައެވެ. ދިވެހިން ނަމަ ހުނިގާނާނީ ކާށިންނެވެ. ފަނި ގިރާނީ ކުރުނބާއިންނެވެ. ދަތުރުގޮސް މަޖާހަދާނީ ކިހާކުންނެވެ. ނަމަވެސް އިނގިރޭސި ބަހުގައި މި ހުރިހާ ކަމެއްވެސް ކުރާނީ "ކޮކޮނަޓް" އިންނެވެ.

ކުރުނބާއަކީ ދިވެހިންނަށް އެއާ ނުލައި އުޅެން ވަރަށް ދަތި އެއްޗަކަށް މިހާރު ނުވި ނަމަވެސް އަހަރެމެންގެ ކާބަފައިން ބޮޑުވެގެން އައީ ކުރުނބަލާއި މި ނޫންވެސް ރުކުގައި އަޅާ ތަކެތީގެ އެހީގައެވެ. އެހެންކަމުން އަދު ދުވަހު ދިވެހިންގެ ދިރިހުރުމުގެ އަސްލަކީ ކުރުނބަލޭ ބުނެވިދާނެއެވެ.

މިހާރަކަށް އައިސް މާލެ ހިސާބުތަކުން ކުރުނބަލެއްގެ އަގު ވަރަށް މަތީގައި އުޅޭއިރުވެސް ބޮޑު އަގު ދީގެން ނަމަވެސް ގެއަށް ކުރުނބާ ގަންނަ މައްސަރަކަށް ރޯދަމަސް ވެއެވެ. ރޯދަ ވީއްލާ ވަގުތު ކުރުނބާ ފަނި ތައްޓަކާއި ނުލައި ރޯދަ ވީއްލަން ޖެހިއްޖެ ނަމަ ކޮންމެވެސް ކަމެއް މަދުހެން ނުވަތަ އުނިވެގެންދާހެން ހީވާނެއެވެ. ވާނީވެސް އެހެންތާއެވެ. ކުރުނބާގެ ރަހައަކީ އެހެން އަގުބޮޑު އެއްޗެއްގެ ރަހައަކުން ފޫބައްދައިލެވޭނެ މީރު ރަހައެއް ނޫނެވެ. އޭރުވެސް މިހާރުވެސް ކުރުނބަލާއި އެއްފަދަ ކުރެވޭނެ އެއްޗެއް ދިވެހިންގެ ތެރެއަށް ނާދެއެވެ.

ކުރުނބަލަކީ އޭގައި ގިނަ އަދަދެއްގެ ސިއްހީ ފައިދާތައްވެސް އެކުލެވިގެންވާ އެއްޗެކެވެ. އެ ހުރިހާ ސަބަބުތަކާއި ހުރެ ކުުރުނބަަލަކީ ނުބޮއި ދޫކޮށްލާވަރުގެ އެއްޗެއް ނޫނެވެ.

ކުރުނބަލުން ލިއްބައިދޭ ބައެއް ސިއްހީ ފައިދާ

ކިޑްނީގައި ހިލަ އުފެދުމުން ދުރުކޮށްދޭ

ދިޔާ އެއްޗެހި ބުއިމަކީ ކިޑްނީގައި ހިލަ އުފެދުމުން ދިފާއުވުމަށްޓަކައި ކުރުން ވަރަށް މުހިންމުކަމެކެވެ. މި ކަމަށް ފެނަކީވެސް ބުއިން ވަރަށް ރަނގަޅު ބުއިމަކަށް ވިނަމަވެސް ރިސާޗްތަކުން ދައްކާ ގޮތުގައި ކުރުނބަލަކީ ފެނަށްވުރެވެސް މިގޮތުން ކުރީގައި އުޅޭ ބުއިމެކެވެ. ކުޑަކަމުދާ ތަކެތީގައި ހިލަ އުފެދުން މަދުކޮށްދީ، އުފެދިފައިވާ ހިލައިގެ ބަރުދަން ލުއި ކުރުމަށް ނުވަތަ އެކަމަށް ފަރުވާކުރުމުގައި އިސް ދައުރެއް އަދާ ކުރާ ބުއިމަކަށް ކުރުނބާފެން ވަނީ ވެފައެވެ.

އެންޓިއޮކްސިޑެންޓުން މުއްސަނދިވެފައިވޭ

ފްރީ ރެޑިކަލްސްއަކީ ހަށިގަނޑުގައި މަސައްކަތްކޮށް މުހިންމު ނިޒާމުތައް ކުރިއަށް ގެންދިޔުމުގައި އިސް ދައުރުތައް އަދާ ކުރާ، މުހިންމު ސެލްތަކަށް ހަމަލާދީ އެ ސެލްތައް މަރާލާ ނުރައްކާތެރި މާއްދާއެކެވެ. ބައެއް ހާލަތްތަކުގައި ކެންސަރަށް މަގުފަހި ކުރުވާ މާއްދާއެއް ކަމަށްވެސް ފްރީ ރެޑިކަލްސްވެއެވެ. އެންޓިއޮކްސިޑެންޓަކީ ހަށިގަނޑުގައިވާ ނުރައްކާތެރި މާއްދާއެއް ކަމަށް ވާ ފްރީ ރެޑިކަލްތައް ނައްތައިލުމުގައި އިސް ދައުރެއް އަދާ ކުރާ އެއްޗެކެވެ. ކުރުނބާގައި މަތީ މިންވަރަކަށް އެންޓިއޮކްސިޑެންޓް އެކުލެވިގެންވެއެވެ.

ހަކުރު ބަލިޖެހުމުން ދުރުކޮށްދޭ

ދިރާސާތަކުން ދައްކާ ގޮތުގައި ގަވާއިދުން ކުރުނބާފެން ބޯ މީހުން ހަކުރުބަލި ޖެހުމުގެ ފުރުސަތު ކުޑައެވެ. އެގޮތުން ކުރުނބަލަކީ ލޭގެ ޕްރެޝަރ ދަށްކޮށްދީ، ލޭ މައްޗަށް ދިޔުމުން ދުރުކޮށްދޭ ފައިދާހުރި ބުއިމެކެވެ. ކުރުނބާއަކީ އޭގައި މެގްނީޝިއަމްގެ މާއްދާ ގިނައިން އެކުލެވިގެންވާ ފެނެކެވެ. ނަތީޖާއެއްގެ ގޮތުން އިންސިއުލިން ސެންސިޓިވިޓީ ދަށްކޮށްދިނުމުގެ ސަބަބުން ބްލަޑް ސުގަރ ހުންނަ މިންވަރު ދަށްކޮށްދެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *