ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަންގެ ދަތުރުތައް ޔޫރަޕަށް ފަށުމަށާ، އެކަމާ ގުޅޭ ޕްލޭންތައް ހަދަމުން އަންނަ ކަމަށް މޯލްޑިވިއަނުން ބުނެފިއެވެ.

ޖަޒީރާ ނިއުސްއަށް މައުލޫމާތު ދެއްވަމުން މޯލްޑިވިއަންގެ އެމްޑީ، މުހައްމަދު ރިޒްވީ ވިދާޅުވީ، މޯލްޑިވިއަންގެ ދަތުރުތައް ޔޫރަޕަށް ފެށުމަށް ވިސްނަމުން އަންނަ ކަމަށާއި އެކަމާ ގުޅޭ ޕްލޭންތައް ހަދަމުން އަންނަ ކަމަށެވެ. މިހާރު މޯލްޑިވިއަން އިން ރާއްޖެއިން ބޭރަށް ދަތުރުކުރަނީ ހަމައެކަނި ޗައިނާ، އިންޑިއާ އަދި ބަންގަލަދޭޝްއަށެވެ.

ރިޒްވީ އިތުރަށް ވިދާޅުވީ މޯލްޑިވިއަންގެ ދަތުރުތައް ޔޫރަޕަށް ފެށުމަށް ކުރަންޖެހޭ ރިސާޗްތައް މިހާރު ދަނީ ކުރަމުންނެވެ. އަދި މޯލްޑިވިއަންއަށް ސީދާ ޑައިރެކްޓްކޮށް ޔޫރަޕަށް ދަތުރު ކުރެވިއްޖެ ނަމަ، ރާއްޖެއަށް ގެންނަ ޓޫރިސްޓުން އިތުރު ކުރެވި އެ ދަތުރުތަކުން ރަނގަޅު ފައިދާއެއް ނެރެވޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"އާ އެއްވެސް ޑެސްޓިނޭޝަނަކަށް ދަތުރުފެށުމުގެ ކުރިން އަޅުގަނޑުމެން ޖެހޭ އެބަ ފީސިބިލިޓީ ސްޓަޑީޒްއެއް ހަދަން. އެހެންވެ، އެކަމަށް ހަދަން ޖެހޭ ދިރާސާތައް މިހާރު ވަނީ ފެށިފައި. މޯލްޑިވިއަންގެ ޑްރީމެއް އެއީ ޔޫރަޕަށް އުދުހެން ފެށުން. ދިވެހިރާއްޖެ ޓޫރިޒަމް ބްރޭންޑަކަށްވެގެން ޔޫރަޕަށް ދިޔަގޮތަށް، ގައުމީ އެއަރލައިނަށްވެސް ޔޫރަޕަށް ދަތުރު ކުރެވޭނެ،" ރިޒްވީ ވިދާޅުވި އެވެ.

ރިޒްވީ އިތުރަށް ވިދާޅުވީ، ރޭ ތައާރަފް ކުރެވިގެން ދިޔަ މެޓާނިޓީ އަދި ޕެޓާނިޓީ ލީވްއަކީ އެއާލައިން އަށް ލިބިގެން ދިޔަ ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *