ވެރިރަށް މާލެއަށް މިއަދު ކުރި ވިއްސާރާގައި ފެންބޮޑުވި މަގުތަކުން ފެން ހިންދުމުގެ މަސައްކަތް އެމްއެންޑީއެފުން ފަށައިފިއެވެ.

މީޑިއާ ތަކަށް މައުލޫމާތު ދެއްވަމުން އެމްއެންޑީއެފުގެ އިންފޮމޭޝަން އޮފިސަރ އިބްރާހިމް އާޒިމު ވިދާޅުވީ، މާލޭ ސިޓީއަށް ކުރަމުންދާ ވިއްސާރާއާއި ގުޅިގެން ބައެއް ސަރަހައްދުތަކުގައި ފެން ބޮޑުވުމާއި ގުޅިގެން، އެންއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު އޮތޯރިޓީ އިން ފެން ހިންދުމުގެ މަސައްކަތް ކުރަންމުން ގެންދާ ކަމަށެވެ.

އިބްރާހިމް އާޒިމު އިތުރަށް ވިދާޅުވީ، މިހާރު ފެން ހިއްކުމުގެ މަސައްކަތް ކުރަނީ އައިޖީއެމްއެޗް އަދި ވެސްޓް ޕާކް ސަރަޙައްދުގައި ކަމަށެވެ.

ރާއްޖެ ބޮޑު ހިސާބަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާ ކޮށް މޫސުމާއި ބެހޭ އިދާރާއިން ވަނީ ވައިޓް އެލާޓް ވެސް ގިނަ ސަރަހައްދުތަކަށް ނެރެފައެވެ. ރޭ ވަގުތެއްގައި ވަނީ ލ.ފޮނަދޫ އަށް ނަގޫރޯޅިއެއް އަރައި ބައެއް ގެތަކަށް ގެއްލުން ލިބިފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *