އިންޑީއާގައި ކުޅޭ ކްރިކެޓް މެޗެއް ބައްލަވާލަން ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިޔާ އިބްރާހިމް މުހައްމަދު ޞާލިހު މާދަމާ އިންޑިއާ އަށް ފުރަން ނިންމަވައިފިއެވެ.

ރައީސް އޮފީހުގެ ސްޕޯކްސްޕާސަން އިބްރާހިމް ހޫދު މީޑިއާ ތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ރައީސް އިންޑިއާ އަށް މާދަމާ ވަޑައިގަންނަވަނީ، އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް) ގައި ވިރާޓް ކޯލީ ކެޕްޓަންކަން ކުރާ ރޯޔަލް ޗެލެންޖާސް ބެންގަލޫރާއި އެމްއެސް ދޯނީ ކެޕްޓަންކަން ކުރާ ޗެންނާއީ ސުޕަ ކިންގްސް ބައްދަލުކުރާ މެޗް ބައްލަވާލެއްވުމަށް ކަމަށެވެ.

އިބްރާހިމް ހޫދު އިތުރަށް ވިދާޅުވީ، ރައީސް މާދަމާ އިންޑިއާ އަށް ކުރައްވާ ދަތުރުފުޅަކީ ރަސްމީ ދަތުރުފުޅެއް ނުން ކަމަށާއި، އެ ގައުމަށް ކުރައްވާ މި ދަތުރުފުޅަކީ ނުރަސްމީ ދަތުރުފުޅެއް ކަމަށެވެ. 

ރައީސް ސޯލިހު އިންޑިއާއަށް ފުރާ ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރު ކަމަށާއި، ރައީސް ބައްލަވާލަން އެވަޑައިގަންނަވާ މެޗް އޮތީ މާދަމާ ރޭ، ރާއްޖެ ގަޑިން 7:30 ގައި ބެންގަލޫރުގައި ކަމަށް ވެސް ރައީސް އޮފީހުގެ ސްޕޯކްސްޕާސަން ވިދާޅުވިއެވެ.

މައުލޫމާތު ލިބޭ ގޮތުގައި، މިދަތުރުފުޅަކީ ނުރަސްމީ ދަތުރުފުޅަކަށް ވީކަމުގައި ވީނަމަވެސް ރައީސް ބެންގަލޫރުގައި ދިރިއުޅޭ ދިވެހިންނާއި ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. ރައީސް އެނބުރި ރާއްޖެ ވަޑައިގަންނަވާނީ ހޯމަ ދުވަހު އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *