ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދުގެ ކާފާފުޅު ނިޔާވެއްޖެއެވެ.
އަލީ ވަހީދުގެ ކާފާފުޅު ނިޔާވެފައިވާ ކަން އޭނާ މިއަދު ކުރެއްވި ޓުވީޓެއްގައި ވަނީ މީޑިއާ ތަކަށް ކަށަވަރު ކޮށްދީފައިއެވެ.
އަލީ ވަހީދުގެ މިއަދު ކާފަ ނިޔާވުމާއި ގުޅިގެން ކުރެއްވި ޓުވީޓުގައި ވިދާޅުވީ، ކާފައަކީ ހަޔާތުގައި ބައްދަލުވި އެންމެ ހިތްވަރުގަދަ، އެންމެ ތަފާތު ޝަހުޞިއްޔަތު ކަމަށާއި، ކާފަގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިޢުމަތްލެއްވުން އެދި ދުޢާދަންނަވާ ކަމަށެވެ.
"މި ވަގުތީ ދުނިޔޭގައި ސަތޭކަ އަހަރު ގުނަމުންދިޔަ ލޯބިވާ ކާފަ މިއަދު ނިޔާވެއްޖެ.ކާފައަކީ ހަޔާތުގައި ބައްދަލުވި އެންމެ ހިތްވަރުގަދަ، އެންމެ ތަފާތު ޝަހުޞިއްޔަތު. މާތް ﷲ ކާފަގެ ފާފަ ފުއްސަވާ ރަހުމަތް ލައްވާށި. އާމީން" ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ކުރެއްވި ޓުވީޓުގައި ވިދާޅުވެފައި ވެއެވެ.