ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ މޫސުން ގޯސްވާނެ ކަމަށާއި, ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ރާއްޖޭގެ އުތުރާއި ދެކުނުގެ ބައެއް ސަރަހައްދުތަކަށް އުދައެރުން އެކަށީގެންވާ ކަމަށް ރާއްޖޭގެ މޫސުމާއި ބެހޭ ޤައުމީ އިދާރާ، މެޓް އޮފީހުން ބުނެފިއެވެ.

"ޖަޒީރާ ނިއުސް"އަށް މައުލޫމާތު ދެއްވަމުން މެޓްގެ އޮފިޝަލް ވިދާޅުވީ، ރާއްޖެއަށް ވިއްސާރަ ކުރަމުންދަނީ ރާއްޖޭގެ މަތީގައި އުފެދިފައިވާ ލޯ ޕްރެޝަރ އެއްގެ ސަބަބުން ކަމަށެވެ.

އޮފިޝަލް ވިދާޅުވީ، އެންމެ ބޮޑަށް ވިއްސާރަ ކުރާނެ ކަމަށް ލަފާކުރެވެނީ ރާއްޖޭގެ އުތުރުގެ އަތޮޅުތަކާއި، ދެކުނުގެ އަތޮޅުތަކަށް ކަމަށެވެ.

އަދި އެ ސަރަހަައްދުތަކަށް ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ބާރުވުން އެކަށީގެންވާ ކަމަށްވެސް މެޓް އޮފީހުގެ އޮފިޝަލް ވިދާޅުވިއެވެ.

މި ދުވަސްވަރަކީ މޫސުން ގޯސް ދުވަސްވަރެއްކަމުން މެޓް އޮފީހުން ވަނީ ކަނޑުދަތުރުކުރާ ފަރާތްކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކުރައްވާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *