އިއްޔަ ހެނދުނު 8:00 އިން މިއަދު ހެނދުނު 8:00 އަށް އެންމެ ގިނައިން ވާރޭ ވެހިފައިވަނީ ރާއްޖޭގެ އުތުރުގެ ރަށެއް ކަމަށްވާ ހއ. ކެލައަށް ކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާ މެޓް އޮފީހުން ވިދާޅުވެއްޖެއެވެ.

"ޖަޒީރާ ނިއުސް"އަށް މައުލޫމާތު ދެއްވަމުން މެޓް އޮފީހުގެ އޮފިޝަލް ވިދާޅުވީ، މިދިޔަ އެއް ދުވަސް ތެރޭގައި ހއ ކެލައަށް 56 މިލިމީޓަރުގެ ވެހިފައިވާ ކަމަށެވެ.

އަދި ކެލާގެ އިތުރުން ދެން އެންމެ ގިނައިން ވާރޭ ވެހިފައިވަނީ ށ. ކަނޑިތީމަށް ކަމަށާއި, އެގޮތުން އެރަށް 47 މިލިލީޓަރުގެ ވާރޭ ވެހިފައިވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

މީގެ އިތުރުން ދެން އެންމެ ގިނައިން ވާރޭ ވެހިފައިވަނީ ލ ގަމާއި، ކައްދުއަށް ކަމަށް މެޓްގެ އޮފިޝަލް ވިދާޅުވެފައިވެއެވެ.

މެޓްގެ އޮފިޝަލް ވިދާޅުވީ, ކުރިއަށް އޮތް 24 ގަޑިއިރު, އުތުރުގެ ބައެއް އަތޮޅުތަކަށް ގުގުރުމާއި އެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށާއި އާންމު ގޮތެއްގައި ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް ވާރޭ ވެހޭނެ ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *