ރޭ ފަތިހު ފޮނަދޫއަށް އެރި ނަގޫރޯޅީގައި 12 ގެއަކަށް ގެއްލުން ލިބިފައިވާ ކަމަށް ފޮނަދޫ ކައުންސިލްގެ ރައީސް އަހުމަދު ރިޔާޒް ވިދާޅުވެއްޖެއެވެ. 

ޖަޒީރާ ނިއުސްއަށް ދިން އިންޓަވިއުއެއްގައި، ރިޔާޒް ވިދާޅުވީ އެ ރަށުގެ 12 ގެއަކަށް ގެއްލުން ލިބިފައިވާ ކަމަށާއި، އެތަނުން ހަ ގެއަށް ވަރަށް ބޮޑަށް ގެއްލުން ލިބިފައިވާ ކަމަށެވެ.

ރިޔާޒް ވިދާޅުވީ ހާދިސާގައި ލިބުނު ގެއްލުންތައް ފުލުހުންނާއި އެމްއެންޑީއެފް އަދި ރަށު ކައުންސިލް ގުޅިގެން މިހާރު އަންނަނީ ބަލަމުން ކަމަށެވެ. އަދި ލިބުނު ގެއްލުންތައް ބެލުމަށްޓަކައި ޑިޒާސްޓަ މެނޭޖްމަންޓްގެ ޓީމްއެއް މިހާރު އެ ރަށަށް އަންނަން މަސައްކަތް ކުރަމުންދާ ކަމަށެވެ.

މީގެ އިތުރުން މި ދަނޑިވަޅުގައި ރަށުގެ ރައްޔިތުން ގުޅިގެން ގެއްލުން ލިބިފައިވާ ގެތަކުގެ ފަރާތްތަކަށް އެހީވުމުގައި އެއްބައިވަންތަ ކަމާއިއެކު މަސައްކަތް ކުރަމުން އަންނަކަން ކައުންސިލްގެ ރައީސްވަނީ ފާހަގަކުރައްވާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *