ރާއްޖޭގެ ނޫސްވެރިންނަށް މިނިވަންކަމާއި އެކު ނޫސްވެރިކަން ކުރެވޭނެ މާހައުލެއް ފަހި ކުރުމަށްޓަކައި މަޖިލީހުގައި ކުރަންޖެހުނު ކޮންމެ ކަމެއް ކުރާނެ ކަމަށް މަޖިލިސް އިންތިހާބުގައި ގަމު ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި މުހައްމަދު ވިސާމް (ސަމްޕަތު) ވިދާޅުވެއްޖެއެވެ. 

ޖަޒީރާ ނިއުސްއަށް ދިން އިންޓަވިއުއެއްގައި ވާހަކަ ދައްކަވަމުން ވިސާމް ވިދާޅުވީ މިނިވަން ނޫސްވެރިކަމެއް ގެނައުމަށާއި ނޫސްވެރިންގެ ހައްގުގައި މަޖިލީސް ތެރެއިން ކުރައްވަން ޖެހޭ ކޮންމެ ކަމެއް އެބޭފުޅާ ކުރައްވާނެ ކަމަށެވެ. 

"19 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ގޮތުގައި އަޅުގަނޑު އިންތިހާބު ވެފައިވާއިރު ނޫސްވެރިންގެ ހައްގުގައި، ނޫސްވެރިންގެ މިނިވަންކަން ހޯދައިދިނުމަށް، އަޅުގަނޑު ކުރަންޖެހުނު ހުރިހާ މަސައްކަތެއް މަޖިލީހުގައި ކުރާނެ ކަމުގެ ޔަގީންކަން އަރުވަން" ވިސާމް ވިދާޅުވިއެވެ.

ވިސާމް އަކީ މީގެ ކުރިން ރާއްޖެ ޓިވީގެ ނޫސްވެރިއެއްގެ ގޮތުގައި ހުރެވެސް، ނޫސްވެރިކަމުގެ މިނިވަންކަން ހޯދުމަށް ތަފާތު ގިނަ ކަންތަކެއް ކޮށްފައިވާ ފަރާތެކެވެ. 

ވިސާމް ނޫސްވެރިކަމުގައި ހޭދަ ކުރި ދުވަސްތަކުގައި ކުރީގެ ރައީސް ޔާމީނުގެ ސަރުކާރުން އޭނާ ހަތް ފަހަރެއްގެ މަތިން ބަންދުކުރިއެވެ. އަދި 48 ދުވަސް އޭނާ ޖަލުގައި ހޭދަކުރިއެވެ. އަދި ދެ ދައުވާއެއް އޭނާގެ މައްޗަށް އުފުލި ނަމަވެސް، އޭނާގެ މައްޗަށް ދައުވާތައް ސާަބިތުވެފައެއް ނުވެއެވެ. ވިސާމް ނޫސްވެރިކަމުގައި ހޭދަ ކުރި ދުވަސްތަކުގައި އިޖުތިމާއީ ބޮޑެތި މައްސަލަތަކެއް މީހުންގެ ސަމާލުކަމަށް ގެނެސްފައިވެއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *