ރ.އަލިފުށީގެ ގެއަކުން 19,000ރ. އާއި އެޕަލް ވޮޗެއް ވަގަށް ނެގި ކަމުގެ ތުހުމަތުގައި ރޭ މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ވިދާޅުވީ އެ ވައްކަމާ ގުޅިގެން ހައްޔަރުކުރީ 34 އަހަރުގެ ފިރިހެނެއް ކަމަށާއި, ވަގަށް ނެގި ފައިސާގެ ތެރެއިން 13،500ރ. އާއި ގަޑި ފެނިފައިވާ ކަމަށެވެ.
އަދި އެ ތަކެތި ހޯދީ، އެ ފިރިހެން މީހާ ފައިބަރު މަސައްކަތްކުރާ ތަނުގެ ކައިރީގައި ފޮރުވާފައި ވަނިކޮށް ކަމަށްވެސް ފުލުހުން ވިދާޅުވެފައިވެއެެވެ.
މި ފަހަކަށް އައިސް މާލެއާއި އަތޮޅުތެރޭގައި ވައްކަމާއި ފޭރުމުގެ މައްސަލަތައް ވަނީ އިންތިހާއަށް އިތުރުވެފައެވެ.