އިސްލާމިކް މިނިސްޓްރީން "ދަރުމަ ކަމާކެމި" ނަމުގައި ހާއްސަ ހަރަކާތެއް ފަށައިފިއެވެ. މި ހަރަކާތަކީ މިސްކިތް ބިނާކުރަން އެދޭ ފަރާތްތަކަކަށް އެ ފުރުސަތު ހޯދައިދިނުމަށާއި، އެ ކަމަށް ބޭނުންވާ ފަންޑު ހޯދުމަށް އެ މިނިސްޓްރީން ހިންގާ ހަރަކާތެކެވެ.
މި މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާފައިވަނީ ނައިބު ރައިސް ފައިސަލް ނަސީމް އާއި އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒާހިރުއެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިސްލާމިކް މިނިސްޓަރ އަހުމަދު ޒާހިރު ވިދާޅުވި ގޮތުގައި މިސްކިތް ބިނާ ކުރުމަށް އެހީވާން ބޭނުން ހުރިހާ ފަރާތްތަކަށްވަނީ އެ ފުރުސަތު ހުޅުވާލެވިފައެެވެ. އެ ގޮތުން އެކަމަށް ހާއްސަކޮށްގެން ފަންޑު ފޮށިިތަކުގެ އިތުރުން އޮންލައިންކޮށް އެހީވުމަށް ބޭނުންވާ ފަރާރްތަކަށް އެ ފުރުސަތުވެސް ހުޅުވާލެވިފައިވާނެކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.
މީގެ އިތުރުން މި ހަރަކާތުގައި އެކިކަހަލަ މައުލޫމާތު ދިނުމުގެ ސްޓޯލްތަކުގެ އިތުރުން ޒަކާތުގެ ފައިސާ ޚަރަދު ކުރާ ގޮތާއި، ފާއިތުވެ ދިޔަ އހަރު ޒަކާތުގެ ގޮތުގައި ފައިސާ ލިބުނު މިންވަރުވެސް ބެލެން ހުންނާނެއެވެ. އަދި މުދަލު ޒަކާތް ބަލައިގަތުމުގެ އިތުރުން ޒަކާތް ނެރުމަށް މީހުން ހޭލުންތެރި ކުރުމުގެ ސެޝަންތަކެއްވެސް މި ހަރަކާތުގެ ތެރެއިން ކުރިޔަށް ދާނެއެެވެ.
މި ހަރަކާތް ކުރިޔަށް ދާނީ މިއަދު ހެނދުނު 9:00 އިން ހަވީރު 5:30 އަށް އިސްލާމީ މަރުކަޒު ސަރަހައްދުގައެވެ.