ކޮންމެ މީހަކީވެސް ހެޔޮ ކަންތަކަށް ހޭދަ ކުރާ މީހަކަށް ވާން ޖެހޭ ކަމުގައި ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ. 

ނައިބު ރައީސް މިހެން ވިދާޅުވީ މިސްކިތްތަކަށް އެހީވާން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ދިނުމަށް "ދަރުމަ ކަމާކެމި" ގެ ނަމުގައި އިސްލާމިކް މިނިސްޓްރީއިން މިއަދު ފެށި ހަރާކާތް ޝަރަފްވެރި ކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ ހެޔޮ ކަންތައް ކުރުމުގައި ނިިމުމެއް ނތް ކަމަށާއި، ހެޔޮ ގޮތުގައި ހޭދައެއް ކުރުުމުން އަތުން މަދުވާނެ އެއްޗެއްވެސް ނޯންނާނެ ކަމަށެވެ. 

އެގޮތުން ކޮންމެ މީހަކީވެސް ހެޔޮ ކަންތަކަށް ހޭދަކުރާ މީހަކަށްވާންޖެހޭ ކަންފާހަގަކުރައްވައި ނައީބުރައީސް ވިދާޅުވީ މިސްކިތް ބިނާ ކުރުމުގައާއި މިހާރު ބޭނުން ކުރަމުންދާ މިސްކިތްތަކުގައި ހުރި މައްސަލަތައް ހައްލު ކުރުމުގައި އެންމެން އެކުގައި މަސައްކަތް ކުރަންޖެހޭ ކަމަށެވެ.

މި ހަރަކާތުގައި އެކިކަހަލަ މައުލޫމާތު ދިނުމުގެ ސްޓޯލްތަކުގެ އިތުރުން ޒަކާތުގެ ފައިސާ ޚަރަދު ކުރާ ގޮތާއި، ފާއިތުވެ ދިޔަ އހަރު ޒަކާތުގެ ގޮތުގައި ފައިސާ ލިބުނު މިންވަރުވެސް ބެލެން ހުންނާނެއެވެ. އަދި މުދަލު ޒަކާތް ބަލައިގަތުމުގެ އިތުރުން ޒަކާތް ނެރުމަށް މީހުން ހޭލުންތެރި ކުރުމުގެ ސެޝަންތަކެއްވެސް މި ހަރަކާތުގެ ތެރެއިން ކުރިޔަށް ދާނެއެެވެ.

މި ހަރަކާތް ކުރިޔަށް ދާނީ މިއަދު ހެނދުނު 9:00 އިން ހަވީރު 5:30 އަށް އިސްލާމީ މަރުކަޒު ސަރަހައްދުގައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *