ޑރ.އަފްްރާޝިމް އަލީގެ މަރާ ގުޅިގެން މަރުތައް ބަލާ ކޮމިޝަނަށް ދޭންޖެހޭ އިތުރު މައުލޫމާތެއް ނެތް ކަމަށާއި އޭނާގެ އަތުގައި ހުރި މައުލޫމާތުތައް ފުލުހުންގެ ކޮމިޝަނާ ހިއްސާ ކޮށްފަައިވާ ކަމަށް ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް އަދި ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރު، އަބްދުﷲ ރިޔާޒު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ރޭ ވާހަކަފުޅު ދައްކަވަމުން ޑރ. އަފްރާޝީމް އަލީ އަނިޔާވެރިކޮށް މަރާލި އިރު ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމުގައި ހުންނެވި އަބްދުﷲ ރިޔާޒު ވިދާޅުވީ، އަފްރާޝިމް އަލީގެ މަރުގެ މައްސަލައިގައި ލިބިފައި ހުރި ހުރިހާ މައުލޫމާތުތަކެއް ހުންނާނީ ފުލުހުންގެ އިދާރާގައި ކަމަށާއި ފުލުސް އިދާރާގައި މައުލޫމާތުތައް މިހާރު ވާނީ ރައީސް އުފެއްދެވި މަރުތައް ބަލާ ކޮމިޝަނުން ހޯދާފައި ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

"އަޅުގަނޑު އަބަދުވެސް ދަންނަވަމުން ދަނީ އަޅުގަނޑަށް ލިބިފައި ހުރި ހުރިިހާ މައުލޫމާތުތަކެއް ހުންނާނޭ ފުލުހުންގެ އިދާރާގައި. އެއީ ފުލުހުންގެ ކޮމިޝަނާ އަކަށް ހުރެގެން އަޅުގަނޑަށް އެ މައްސަލައިގަ ލިބިފައި ހުރި މައުލޫމާތުތައް. އެހެންވީމާ އެ މައުލޫމާތުތައް، މިހާރު ވާނީ ރައީސް އުފެއްދެވި ކޮމިޝަނުން ހުރިހާ މައުލޫމާތެއް ހޯއްދަަވާފަ" ރިޔާޒް ވިދާޅުވިއެވެ.

އަބްދުﷲ ރިޔާޒް އިތުރަށް ވިދާޅުވީ، މަރު ކޮމިޝަަނަށް މިހާރު ލިބިފައި ހުރި އެންމެ ފަހުގެ މައުލޫމާތުުތައް އެއްކޮށް އަންނަ ޖުލައިގައި ރިޕޯޓެއް ނެރުއްވާނެ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

ޑރ.އަފްްރާޝިމް އަލީގެ މަރާ ގުޅިގެން މަރުތައް ބަލާ ކޮމިޝަނަށް ދޭންޖެހޭ އިތުރު މައުލޫމާތެއް ނެތް ކަމަށް އަބްދުﷲ ރިޔާޒް ވިދާޅުވެފައިވާއިރު، އޭނާ މީގެ ކުރިން ވިދާޅުވީ، އަފްރާޝީމުގެ މަރާ ގުޅޭ މައުލޫމާތުތައް ވަގުތުން ޖެހުމުން ހާމަ ކުރައްވާނެ ކަމަށެވެ. ނަމަވެސް މިހާތަނަށް އެފަދަ އެއްވެސް ވާހަކައެއް ދައްކަވާފައެއް ނުވެ އެވެ

ރައީސް އިިބްރާހިމް މުހައްމަދު ސޯލިހް ވަނީ މަރާލެވިފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ރިޔާސީ ކޮމިޝަނެއް އުފައްދަވާފަ އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *