ޖުލައި މަހު ބާއްވާ 10 ވަނަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ރާއްޖޭން ވާދަކުރާ ކޮންޓިންޖެންޓުގެ ޗެފް ޑި މިޝަނަރަށް އިބްރާހިމް ނާހިދު ހަމަޖައްސައިފިއެވެ.

ނާހިދު އައިއޯއައިޖީގެ ޗެފް ޑި މިޝަނަރަކަށް ހަމަޖައްސަން ފާސްކުރީ އޮލިމްޕިކް ކޮމިޓީގެ އެގްޒެކެޓިވް ކޮމިޓީންނެވެ. 

ނާހިދުގެ ދަށުން  އެތުލީޓުންގެ ހެޑަކަށް ހަމަޖައްސާފައިވަނީ މަރިޔަމް މުހައްމަދު (މާޔަން) ހަމަޖައްސާފައިވާއިރު، ފިރިހެން އެތުލީޓުންގެ އިސްވެރިޔަކަށް ހަމަޖައްސާފައިވަނީ އިބްރާހިމް ރަޒީންއެވެ.

ރަޒީން އަކީ 2014 ވަނަ އަހަރުގެ ސްކޮޓްލޭންޑްގައި ބޭއްވި ކޮމަންވެލްތު ގޭމްސްގެ ރާއްޖޭގެ ޗެފް ޑި މިޝަނަރެވެ. އަދި މާޔަން ވަނީ ގައުމީ އަންހެން ފުޓްބޯޅަ ޓީމުގެ ހަރަކާތްތަކުގައްޔާއި، ބައިނަލްއަގްވާމީ ކުޅިވަރުތަކުގެ ތަޖުރިބާ ހޯދައިފައެވެ

މި ފަހަރުގެ ގޭމްސްގައި ރާއްޖޭން ވާދަކުރާ ކުޅިވަރުތަކަކީ އެތުލެޓިކްސް، ބެޑްމިންޓަން، ފުޓްބޯޅަ، ބާސްކެޓްބޯޅަ، ޓޭބަލް ޓެނިސް، ސްވިމިން، ޓޭބަލް ޓެނިސް، ވޮލީބޯޅަ، ކައިޓް ސާފިން އަދި ބީޗް ވޮލީބޯޅައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *