ލ. ފޮނަދުއަށް ނަގޫރޯޅިއެއް އަރާ، ރަށުގެ ގެތަކަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.

ރޭގެ ފަތިހުގެ ވަގުތެއްގައިި ފޮނަދުއަށް އެރި ނަގޫރޯޅީގައި ގިނަ ގެތަކެއްގެ އިތުރުން އެރަށުގައި ދުއްވާ ބައެއް ވެހިކަލްތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ. 

އެ ނަގޫރޯޅި ފޮނަދޫއަށް އަރާފައިވަނީ ރޭ ފަތިހު 4:30 ގައެވެ.

ނަގޫރޯޅި އަރާފައިވަނީ ރަށުގެ ހުޅަނގު ފަރާތުންނެވެ. އަދި ނަގޫރޯޅިއާއެކު ބައެއް ގެތަކުގެ ފުރާޅު އެއްކޮށް އެއްލާލާފައިވާ އިރު، ބޮޑެތި ގަސްތައް ވެއްޓުމުގެ ސަބަބުންވެސް ގޭގެއަށް ވަނީ ގެއްލުންތަކެއް ލިބިފައެވެ. އެގޮތުން އެރަށުގެ ބަރާސިލް އަވަށުގެ ހަތަރު ވަރަކަށް ގޭގެ ފުރާޅު އެއްލާލާފައިވާ އިރު، އެއަވަށު ހުންނަ ބައްރު ޕްރީ ސްކޫލަށްވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.

މި ނަގޫރޯޅީގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާއިރު ނަގޫރޯޅީގައި ހާލުގައި ޖެހުނު ފަރާތްތަކަށް އެހީވުމުގެ މަސައްކަތް ފުލުހުންނާއި، ރަށުކައުންސިލް އަދި އެމްއެންޑީއެފުން ގުޅިގެން ދަނީ ކުރަމުންނެވެ.

މުޅި ރާއްޖެއަށް ހުދު އެލާޓް ނެރެފައިވާ އިރު، ރޭ އިރާކޮޅުން ފެށިގެންވެސް ފޮނަދޫގެ އިތުރުން ލ. އަތޮޅަށް ދަނީ ވިއްސާރަ ކުރަމުންނެވެ. އަދި މިހާރުވެސް ފޮނަދޫއަށް ދަނީ ކޮންމެވެސް ވަރަކަށް ވާރޭ ވެހެމުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *