ގުގުރުމާއި އެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާތީ މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން މުޅި ރާއްޖެއަށް ވައިޓް އެލަރޓް ނެރެފިއެވެ.
ވައިޓް އެލަރޓް ނެރެފައިވަނީ މިރޭ 00:30 އިން ހެނދުނު 6:30 އަށެވެ.
މެޓް އޮފީހުން ބުނީ އެ ގަޑިތަކުގައި ވިލާގަނޑުގައި 40 މޭލު ބާރުމިނަށް ވައި ގަދަވުން އެކަށީގެންވާ ކަމެކެވެ.
މުޅި ރާއްޖެއަށް ވައިޓް އެލަރޓް ނެރެފައިވާއިރު މިއަދު ވަނީ ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް އުދަވެސް އަރައިފައެވެ.