ރާއްޖެ އައިސްފައިވަނީ އިންޑިއާގެ 12 ސިފައިން ކަމަށާއި 22 ސިފައިން ރާއްޖެ އައި ކަމަށް ބުނެ ބައެއް ނޫސްތަކުން ފަތުރާފައިވަނީ ދޮގު ހަބަރުތަކެއް ކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.

ޖަޒީރާ ނިއުސް އަށް މައުލޫމާތު ދެއްވަމުން، އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރ ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ، ރާއްޖެއަށް އައިސްފައިވާ އިންޑިއާގެ ސިފައިންނަކީ، ރާއްޖޭގައި އޮޕަރޭޓް ކުރަމުން އަންނަ ހެލިކޮޕްޓަރު ތަކުގެ ޓެކްނިކަލް ޓީމުގެ ޑިއުޓީ ޓާމު  ބަދަލުވުމުގެ ސަބަބުން އައިސްފައިވާ ސިފައިނުން ކަމަށެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރ ކެޕްޓަން އިބްރާހިމް އާޒިމް އިތުރަށް ވިދާޅުވީ، އެބޭފުޅުން ރާއްޖެ އައިސްފައިވަނީ އެބޭފުޅުން ރާއްޖެ އައުމަށް ހަމަޖެހިފައި އޮންނަ އުސޫލުގެ ދަށުން ގަވައިދާއި އެއްގޮތަށް ކަމަށެވެ. އަދި ހުރިހާ ފޯމް ތަކެއް ވެސް ފުރިހަމަ ކުރުމަށް ފަހުގައި ކަމަށެވެ.

އިންޑާއާގެ 22 ސިފައިން ރާއްޖެ އައި ކަމަށް ބުނެ މީސް މީޑިއާ މެދުވެރިކޮށް އެންގީ ރައީސް ޔާމީން ސަރުކާރުގެ ފުރަތަމަ ހޯމް މިނިސްޓާރ އުމަރު ނަސީރުއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *