އެމެރިކާގެ ސްޓޭޓެއްގެ ސަރަހައްދެއް ކަމަށްވާ، ސައުތާން ކެލެފޯނިއާ އަށް ކޮންމެ ތިން މިނެޓެއްގެ ތެރޭގައި މަދުވެގެން އެއް ބިންހެލުން އަންނަ ކަމަށް ދިރާސާތަކުން ދައްކައިފިއެވެ.

މި ދިރާސާތައް ކުރިއަށް ގެންގޮސްފައިވަނީ، ކެލެފޯނިއާ އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ އަދި ޔުނިވާސިޓީ އޮފް ކެލެފޯނިއާ އިންނެވެ. ސީއެންއެންގައި ރިޕޯޓު ކޮށްފައިވާ ގޮތުގައި 2008 ވަނަ އަހަރުން ފެށިގެން 2017 ވަނަ އަހަރާ ދޭތެރޭގައި ގާތްގަނޑަކަށް 2 މިލިއަންގެ އަދަދެއްގެ ކުދިކުދި ބިންހެލުން އައިސްވެއެވެ. އެއީ ދުވާލަކު 495 ވަރަކަށް ބިންހެލުމެވެ. ނޫނީ ކޮންމެ ތިން މިނެޓަކު އެއް ބިންހެލުމެވެ.

އެވްރޭޖް ކޮށް ބަލާއިރު، މަގުމަތިން ހިނގާފައިދާ މީހަކަށް 2.0- އަކާއ 1.7 އާ ދެމެދުގެ މެގްނިޓިއުޑް ގެ ބިންހެލުމެއްގެ އިހުސާސެއް ނުކުރެވޭނެއެވެ.

ޔޫއެސް ޖިއޮލޮޖިކަލް ސާރވޭތަކުން ދައްކާ ގޮތުުގައި އިންސާނުންނަށް އިހުސާސް ކުރެވެނީ 3.0 ގެ މެގްނިޓިއުޑަކަށްވުރެ ބޮޑު ބިންހެލުންތަކެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *