ޚަބަރު
އިންތިހާބުން ދިވެހިންގެ އުންމީދުތައް ސާފުވެއްޖެ: އިހުސާން

އިއްޔެގައި ބޭއްވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުން ނެރުނު ނަތީޖާއިން ދިވެހިންގެ އުންމީދުތައް ސާފުވެއްޖެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހްސާން ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު އިހުސާން ކުރެއްވި ޓްވީޓްގައި ވަނީ “ދިވެހިންގެ ރާއްޖެއަށް މަރުހަބާ. ދިވެހިންގެ އުއްމީދުތައް ސާފު. ބައިބައިވުމާއި ފިތުނަ ފަސާދައާއި ސިޔާސީ ހަމަނުޖެހުން ބޭނުމެއްނުވޭ. ދިވެހިން އެދެނީ ގާނޫނު ނަގަހައްޓަން. ދިވެހިން އެދެނީ ހަމަޖެހުމާއި ރައްކާތެރިކަން. ދިވެހިން އެދެނީ މަސްތުވާ ތަކެތިން ސަލާމަތްވާން. ދިވެހިން އެދެނީ ވައްކަމާއި ކޮރަޕްޝަނުން މިންޖުވާން. ދިވެހިން އެދެނީ ޒަމާނީ ތަރައްގީ އާއި ފަރުދީ ތަނަވަސްކަން” މިފަދައިން ބުނެފަ އެވެ.

އެއާއެކު، އިހުސާން ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރިއަށްއޮތް ފަސް އަހަރުގައި އެކަންތައްތަކުގެ ހިދުމަތް ފޯރުކޮށްދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.

ވަގުތީ ނަތީޖާ ދައްކާގޮތުން ވެރިކަން ކުރާ ޕީއެންސީން ވަނީ 70 އަށްވުރެ ގިނަ ގޮނޑި މިހާތަނަށް ކާމިޔާބުކޮށްފަ އެވެ.

މަޖިލީހުގެ މެޖޯރިޓީއަކީ 47 ގޮނޑި އެވެ. އަދި ސުޕަ މެޖޯރިޓީއަކީ ރައްޔިތުންގެ މަޖިލީހުގެ ހަތަރު ބައި ކުޅަ ތިން ބަޔަށްވާ 70 ގޮނޑި އެވެ. 20 ވަނަ ރައްޔިތުންގެ މަޖިލީހުގައި ހިމެނެނީ ޖުމްލަ 93 ގޮނޑި އެވެ.

ވަގުތީ ނަތީޖާ ދައްކާގޮތުން ބޮޑެތި ހުރިހާ ސިޓީތަކެއްގެ މެޖޯރިޓީ ނަގާފައިވަނީވެސް ވެރިކަން ކުރާ ޕާޓީ، ޕީއެންސީންނެވެ. އެގޮތުން މިހާތަނަށް އަބަދުވެސް އިދިކޮޅު އެމްޑީޕީން ގިނަ އަދަދެއްގެ ގޮނޑި ކާމިޔާބުކުރާ މާލެ ސިޓީގެ އިތުރުން، އެމްޑީޕީއަށް ބޮޑު ތާއީދެއް އޮތްކަމަށް އަބަދުވެސް ބެލެވޭ އައްޑޫގެ މެޖޯރިޓީވެސް ލިބިފައިވަނީ ޕީއެންސީ އަށެވެ. އަދި ވަގުތީ ނަތީޖާތައް ދައްކާގޮތުން ފުވައްމުލަކު ސިޓީގެ މެޖޯރިޓީވެސް ލިބިފައިވަނީ ޕީއެންސީ އަށެވެ.

 

1
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top