ރާއްޖޭގެ ގައުމީ އެއަރލައިން، މޯލްޑިވިއަން އިން އެ ކުންފުނީގެ މުވައްޒަފުންނަށް މެޓާނިޓީ އަދި ޕެޓާނިޓީ ލީވް ދޭން ނިންމައިފިއެވެ. 

ވިހެއުމުން އަންހެން މުވައްޒަފުންނަށް ދޭ ހަމަސްދުވަހުގެ މެޓާނިޓީ ލީވް އާއި ފިރިހެން މުވައްޒަފުންނަށް ދަރިން ލިބުމުން ދޭ އެއް މަހުގެ ޕެޓާނިޓީ ލީވް ދޭން ނިންމިކަން މޯލްޑިވިއަން އިން އެންގީ އެ ކުންފުންޏަށް ނަވާރަ އަހަރު ފުރުމުގެ އުފަލުގައި މިހާރު ކުރިއަށްދާ ހާއްސާ ރަސްމިއްޔާތެއްގައެވެ. 

މިކަން އިއުލާނު ކުރީ މޯލްޑިވިއަންގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އައިޝަތު ޖެނިފާއެވެ. 

މެޓާނެޓީ އަދި ޕެޓާނިޓީ ލީވްގެ މުއްދަތު އިތުރު ކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ވައުދުތަކުގެ ތެރެއިން ވައުދެކެވެ. 

ސަރުކާރުގެ ގިނަ ކުންފުނިތަކުން މިހާރު ވަނީ މެޓާނިޓީ އާއި ޕެޓާނިޓީ ލީވްގެ މުއްދަތު އިތުރުކޮށްފައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *