ޝަހީދުންގެ ދުވަސް ފާހަގަކުރުމަށްޓަކައި މިއަދު ކުޑަކުދިންގެ ބަގީޗާގައި ހާއްސަ ކުޑަކުދިންގެ ހަވީރެއް ބާއްވައިފިއެވެ.

ކުޑަކުދިންގެ ބަގީޗާގައި މިއަދު ހަވީރު 4:00 އިން ފެށިގެން އިރުއޮއްސި 6:00 އަކަށް ކުރިއަށް ގެންދިޔަ އެ ކުޑަކުދިންގެ ހަވީރުގައި ވަނީ ތަފާތު އެކި ކުޅިވަރުގެ ހަރަކާތްތައް ކުރިއަށް ގެންގޮސްފައެވެ. ޝަހީދުންގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ކުޑަކުދިންގެ ހަވީރުގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވެސް ވަނީ އެމަނިކުފާނުގެ އާއިލާއާއެކު ބައިވެރިވެވަޑައިގެންފައެވެ. އެމަނިކުފާނުގެ އާއިލާންއިން ވަނީ ހަވީރުގެ ގިނަ ހަރަކާތްތަކުގައި ބައިވެރިވެފައެވެ.

ޝަހީދުންގެ ދުވަހަކީ ކޮންމެ އަހަރެއްގެވެސް ޝައުބާން މަހުގެ ފުރަތަމަ ދުވަހު ފާހަގަކުރަމުން އަންނަ ދުވަހެކެވެ. މިގޮތުން ޝަހީދުންގެ ދުވަސް ފާހަގަކުރަން ފަށާފައިވަނީ ހިޖުރައިން ސާދަސަތޭކަ ވަނަ އަހަރެވެ. މި އަހަރު މި ފާހަގަކުރެވެނީ ސާޅީސްވަނަ ޝަހީދުންގެ ދުވަހެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *