ހުޅުމާލެ ފަޅު ތެރޭގައި އަޅާފައި އޮތް މުދާ އުފުލާ ދޯންޏެއް ދިޔަވާތީ ސިފައިން ހަރަކާތްތެރިވާން ފަށައިފިއެވެ.
“ދުހާ” ނަމަކަށް ކިޔާ އެ ދޯނި ދިޔަވާކަމުގެ މައުލޫމާތު ލިބުނީ މިރޭ 18:57 ހާއިރު ކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދީފައިވެއެވެ.
ދޯންޏަށް އެހީތެރިވުމުގެ މަސައްކަތް އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑުގެ ސްކޮޑްރަން އިން މިހާރު ކުރަމުންދާ ކަމަށާއި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށް އެމްއެންޑީއެފުން ވިދާޅުވެފައިވެއެވެ.
ދިޔަވަމުންދާ އެދޯނީގައި ހުރި އެއްވެސް މުދަލަކަށް ގެއްލުން ލިބިފައިވާކަމެއް އަދި ސާފެއް ނުވެއެވެ.