ރިޔާސީ އިންތިހާބާއި ދިމާކޮށް ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ އެމްޑީޕީއިން ނެރުނު 19 ގާނޫނު "އެޖެންޑާ 19" ތަންފީޒު ކުރުމަށްޓަކައި ފަސް ކޮމެޓީއެއް އެކުލަވާލައިފިއެވެ. 

އެމްޑީޕީއިން މިއަދު ނެރުނު ނޫސް ބަޔާނުުގައި ބުނެފައިވަނީ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީން ރިޔާސީ އިންތިޚާބަށް ކުރިމަތިލާފައިވަނީ ޖަޒީރާ ރާއްޖެ މެނިފެސްޓޯގައިވާ ކަންކަން ފުއްދުމަށް ކަމަށާއި، އެވައުދުތައް ފުއްދުމަށްޓަކައި ރައްޔިތުންގެ މަޖިލީހުން ކުރާނެ ކަންކަން ބަޔާންކޮށް އެޖެންޑާ19 ގައި ވަނީ ޤާނޫނީ އޮނިގަނޑެއް އެކުލަވާލާފައި ވާނޭ ކަމަށެވެ. އެ ގޮތުން ޖަޒީރާ ރާއްޖެ މެނިފެސްޓޯއާއި އެޖެންޑާ19 ގައިވާ ކަންކަން ތަންފީޛުކުރުމަށް ސަރުކާރާއި ރައްޔިތުންގެ މަޖިލީހުގެ މިޕާޓީގެ މެންބަރުން އެއް ވިސްނުމެއްގައި މަސައްކަތް ކުރުމަށް މިހާރު 5 ކޮމިޓީއެއް އެކުލަވާލާފައި ވާކަމަށެވެ.

އެ ގޮތުން މި ފަސް ކޮމެޓީ އެކުލަވާލާފައިވަނީ އެޖެންޑާ 19 ގައި ހިމެނޭ މައިގަނޑު ފަސް ދާއިރާގެ މައްޗަށެވެ. އެއީ އިންޞާފު، އޯގާތެރި ސަރުކާރު، ފަޚުރުވެރި ޢާއިލާ، ޖަޒީރާ ދިރިއުޅުން އަދި ނޫ އިޤްޠިޞާދެވެ.

އެމްޑީޕީިން ހާމަ ކުރައްވާ ގޮތުގައި މި ފަސް ކޮމެޓީއިން މައިގަނޑު ގޮތެއްގައި ކުރާނެ މަސައްކަތްތަކަކީ މި 5 ދާއިރާއިން ވެފައިވާ ވައުދުތައް ފުއްދުމަށް ބޭނުންވާ ޤާނޫނީ އޮނިގަނޑު ފުރިހަމަކުރުމާއި، ވައުދުތައް ފުއްދުމަށް ސަރުކާރުން ހިންގާންޖެހޭ މަޝްރޫޢުތައް ދެނެގަނެ އެމަޝްރޫޢުތައް ހިންގާނޭ އުޞޫލުތައް ދެނެގަތުން ކަމަށެވެ.

މި ކޮމިޓީތަކުގައި ހިމެނިވަޑައިގަންނަވަނީ، ސަރުކާރުގެ ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ މިޕާޓީގެ މެންބަރުންނާއި، ސަރުކާރު ހިއްޞާވާ ކުންފުނިތަކުގެ ބޭފުޅުންނާއި، ފަންނީ މާހިރުންނެވެ.

އެމްޑީޕީގެ ސެކެރެޓަރީ ޖެނެރަލް އަނަސް ޖަޒީރާ ނިޔުސްއަށް މައުލޫމާތު ދެމުން ވިދާޅުވި ގޮތުގައިި އެ ކޮމެޓީތަކުގެ މަސައްކަތް މިހާރުވެސް ދަނީ ކުރަމުންނެވެ. އެ ގޮތުން މާދަންވެސް އެ ކޮމެޓީގެ ބައްދަލުވުމެއް އޮންނާނެ ކަމަށް އަނަސް ވިދާޅުވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *