ފުވައްމުލަކު އަނބާއި ލާމު އަތޮޅުގެ އަނބުން ދަތުރުވެރިންގެ މާރުކޭޓު ތިޔާގިވެއްޖެއެވެ.
ދަތުރުވެރިންގެ މާރުކޭޓަށް ނަޒަރު ހިންގާލިއިރު ފެނުނު މަންޒަރަކީ ވަށިގަނޑުތަކުގަޔާއި ފޮށިތަކުގައި އަނބު ގިނަވެ ބަންޑުވަމުންދާ މަންޒަރެވެ. އޭގެތެރޭގައި ގިނައީ ދޮން އަނބެވެ. އަދި ޅަ އަނބު ފެނުނީ ވަރަށް މަދުންނެވެ.
ވިޔަފާރިވެރިންނާއި ސުވާލު ކުރުމުން ބުނީ ފުވައްމުލަކު އަނބުގެ، އަށް އަނބާއި ހަތް އަނބުގެ ބައެއް ލިބެން ހުރީ ސަތޭކަ ރުފިޔާ ކަމަށެވެ. އަދި ލާމު އަތޮޅުގެ އަނބަށް ބަލާއިރު ސަތޭކަ ރުފިޔާއަށް ދިހަ އަނބާއި ބާރަ އަނބާއި ދޭތެރޭ އަދަދަކަށް އަނބު ލިބެއެވެ. އެހެންކަމުން ފުވައްމުލަކުގެ އަނބު އަގު ބޮޑުކަން ފާހަގަކޮށްލެވެއެވެ.
ފުވައްމުލަކުގެ އަނބު އަގުބޮޑީ ކީއްްވެތޯ ވިޔަފާރިވެރިއަކާ ސުވާލު ކުރުމުން ބުނީ އެއީ އެރަށުން އަނބު ގެންނަނީ ފްލައިޓުން ކަމުގައި ވާތީ އެއަށްވެސް ހަރަދެއް ދާތީ ކަމަށެވެ.
މިއީ އަނބު މޫސުން ކަމުން މާލޭގެ އިތުރުން އަތޮޅު ތަކުގައިވެސް އަނބު ގިނަވެފައިވާކަން ފާހަގަކޮށްލެވެއެވެ.