ފިލިޕިންސްގެ ޔުނިވާސިޓީއެއް ކަމަށްވާ ޑެ ލަ ސާލް ޔުނިވާސިޓީއިން އާރޗަރ ނަމަކަށް ކިޔޭ ބުޅަލެއްގެ ދަސްވެނިވުން ފާހަގަަކޮށްފިއެވެ.
ޑަ ލަ ސާލް ޔުނިވާސިޓީއަކީ ބުޅާ ގެންގުޅޭ، ބުޅާ ބެލެހެއްޓުމަށް ޚާއްސަ ސަމާލުކަމެއް ދޭ ޔުނިވާސިޓީއެކެވެ. އެ ބުޅާތަކުގެ 'ރަސްގެފާނަކީ' އާރޗާރ އެވެ. އާރޗާރ އެ ޔުނިވާސިޓީ އަށް ވަނީ 2013 ވަނަ އަހަރުގައެވެ. އެހެންކަމުން މި އަހަރު އާރޗާރ ޔުނިވާސިޓީގައި އުޅޭތަން 6 އަހަރު ވެއްޖެއެވެ. މިހާރު 6 އަހަރު ފަހުން އާރޗާރ ވަނީ، ޑަ ލަ ސާލް ޔުނިވާސިޓީގެ 2013 ގެ 'ބެޗް' އިން ދަސްވެނިވެފައެވެ.
އާރޗަރގެ ދަސްވެނިވުމުގައި ގިނަ އަދަދެއްގެ ދަރިވަރުންވަނީ ބައިވެރިވެފައެވެ.
އާރޗަރ އަކީ އެ ޔުނިވާސިޓީގެ ގިނަ އަދަދެއްގެ ކުދިންގެ ލޯބި ލިބިގެންވާ ބުޅަލެއް ކަމަށް ވިނަމަވެސް، ކުދިިން ބުޅަލުގެ ސިއްހަތަށް ބެލުމެއް ނެތި ބުޅަލަށް "އިންސާާނުންގެ ކާނާ" ދިނުމަށް ހުއްޓުވުމެއް ނުގެނެވުމުގެ ސަބަބުން ބުޅާ އެހެން ބަޔަކާ ހަވާލުކުރަން ވަނީ ނިންމައިފައެވެ. އާރޗަރ ގެ ލިވަރ ގައި ސަރުބީ ގިނަވެފައިވާ ކަމަށް ވަނީ ޑައިގްނޯސިސްތަކުން ދައްކާފައެވެ.